logo
Bank of Maldives

Bank of Maldives

ޚަބަރު

މާފުށީގެ ތަރައްގީގެ މަސައްކަތަށް ކައުންސިލުން ބަނދެފައިވާ ސޭންޑު ބާޖު އިފްތިތާޙްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ސެޕްޓެމްބަރު 2025 - 03:01
މާފުށީގެ ތަރައްގީގެ މަސައްކަތަށް ކައުންސިލުން ބަނދެފައިވާ ސޭންޑު ބާޖު އިފްތިތާޙްކޮށްފި

ކ. މާފުށީ މަންތާ އައިލެންޑް އަދި ޕިކްނިކް އައިލެންޑް ހިމެނޭ ގޮތަށް ގޮނޑުދޮށް ތަރައްޤީކުރުމަށް ގެނެސްފައިވާ ސޭންޑް ބާޖު ހޮނިހިރު ދުވަހު އިފްތިތާޙްކޮށްފިއެވެ.

މި ބާޖު އިފްތިތާޙްކޮށްދެއްވީ ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހޮނިހިރު ދުވަހުގެ ހަވީރު މާފުށީގައި ބޭއްވުނު މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރުގެ އިތުރުން އެ ވުޒާރާގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު އަދި މާފުށީ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ މާފުށީގެ ތަރައްޤީއަށް އެރަށު ރައްޔިތުންނާއި ކައުންސިލުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ސޭންޑް ބާޖް އިފްތިތާޙްކުރުމުގެ މި ހަރަކާތަކީ ވެސް ހަޤީގީ މާނައިގައި މާފުށީގެ ރައްޔިތުންނަށް ލިބިގެންދިޔަ ކުރިއެރުމާއި މާފުށީގެ ރައްޔިތުންގެ އެތައް ބުރަ މަސައްކަތަކުން ރަށަށް ލިބިދިން ކުރިއެރުންތަކުގެ ނަތީޖާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާފުށީ ކައުންސިލުގެ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް މެދުވެރިކޮށް ބަނދެފައިވާ މި ސޭންޑް ބާޖަކީ އެރަށަށް ދިމާވެފައިވާ ހޭޅިފަށް ގިރުމުގެ މައްސަލައަށް ޙައްލެއް ގެނެސްދޭނެ އުޅަނދެއްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

މީގެއިތުރުން، މި ބާޖު މެދުވެރިކޮށް އެރަށުގެ ތަރައްޤީއަށް ކުރެވޭ އެކި މަސައްކަތްތަކަށް ބޭނުންކުރެވޭނެކަމަށް މާފުށީ ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަނޑުވެރި އުފެއްދުންތައް އިތުރުކޮށް ބޭރު ޤައުމުތަކަށް ބަރޯސާވާ މިންވަރުކުޑަކުރަން ޖެހޭ: އާދަމް ޝަރީފުޚަބަރު | 6 ދުވަސް ކުރިންއެމްޑީޕީގެ ކޮރަޕްޝަންތައް ސަމާލުކަމަށް ގެނައުމުން އެމްޑީޕީގެ މެޖޯރިޓީއޮތް މަޖިލީހުން ވެސް މިނިވަން މުއައްސަސާތަކުން ވެސް އަޅައެއްނުލި: އާދަމް ޝަރީފްޚަބަރު | މަހެއް ކުރިންމަޑިފުށީ އިޚްތިޞާޞްގައި ކޮޅުފުއްޓާއި، އުފުރިޔާ ހިމަނުއްވައިފިކަމުގެ ރަސްމީ ލިޔުން ހަވާލުކޮށްދެއްވައިފިޚަބަރު | މަހެއް ކުރިންމާފުށީގެ ތަރައްގީގެ މަސައްކަތަށް ކައުންސިލުން ބަނދެފައިވާ ސޭންޑު ބާޖު އިފްތިތާޙްކޮށްފިޚަބަރު | މަހެއް ކުރިން