logo
Bank of Maldives

Bank of Maldives

ޚަބަރު

ލާމަރުކަޒީ ނިޒާމު ބާރުވެރި ކުރެވޭނީ އިޚްލާޞްތެރި ނިޔަތަކާއެކު އިތުބާރު ލިބިގެން: އާދަމް ޝަރީފް

މުހައްމަދު މޫސާމުހައްމަދު މޫސާ
17 މޭ 2026 - 16:33
ލާމަރުކަޒީ ނިޒާމު ބާރުވެރި ކުރެވޭނީ އިޚްލާޞްތެރި ނިޔަތަކާއެކު އިތުބާރު ލިބިގެން: އާދަމް ޝަރީފް

ލާމަރުކަޒީ ނިޒާމު ބާރުވެރި ކުރެވޭނީ އިޚްލާޞްތެރި ނިޔަތަކާއެކު ސަރުކާރާއި ކައުންސިލްތަކާއި ރައްޔިތުންގެ ހޭހަން ކުރުމާއި އިތުބާރު، އެ ނިޒާމަށް ލިބިގެންކަމަށް ކުރީގެ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ.

މިހާރު ފޮރިން މިނިސްޓްރީގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައި ހުންނެވި އާދަމް ޝަރީފް މިހެން ވިދާޅުވީ ކައުންސިލްތަކުގެ އައު ދައުރު މިއަދު ފެށުމާއި ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި މިއަދަކީ ލާމަރުކަޒީ ނިޒާމުގެ އައު ބާބެއް ފެށިގެންދާ ދުވަހެވެ. މިއީ ލާމަރުކަޒީ ނިޒާމުގެ ނާރެސްކަމުގައިވާ ލޯކަލް ކައުންސިލްތަކުގެ 4 ވަނަ ދައުރު ނިމި 5 ވަނަ ދައުރަކަށް އަލިވިލޭ ދުވަސްކަން އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާދަމް ޝަރީފް ވަނީ ނިމިދިޔަ 4 ވަނަ ދައުރުގައި ޚިދުމަތް ކުރެއްވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި 5 ވަނަ ދައުރަށް އަލަށް އިންތިޚާބުވި މެންބަރުންނަށް އޭނާ ވަނީ މަރުޙަބާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ އެންމެ ގާތުން، ރައްޔިތުންނާ އެންމެ ގުޅިގެން ވެރިކަން ކުރުމަށް އެންމެ ބޮޑަށް މަގުފަހިކޮށްދޭ ނިޒާމުކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، "ލާމަރުކަޒީ ނިޒާމު ބާރުވެރި ކުރެވޭނީ އިޚްލާޞްތެރި ނިޔަތަކާއެކު ސަރުކާރާއި ކައުންސިލްތަކާއި ރައްޔިތުންގެ ހޭހަން ކުރުމާއި އިތުބާރު، ލާމަރުކަޒީ ނިޒާމަށް ލިބިގެން" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ނިޒާމަށް ލިބިގެންވާ ދުސްތޫރީ އަދި ޤާނޫނީ ބާރުވެރިކަން، އޭގެ އެންމެ ފުރިހަމަ މާނައިގާ ތަންފީޒު ކުރުމުގެ ފުރުޞަތު ދޭންޖެހޭ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަށް އެންމެން އަހުލުވެރިވެ، އެ ނިޒާމަށް އެންމެން އިޙުތިރާމްކުރުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އާދަމް ޝަރީފްގެ މެސެޖު ނިންމަވާލެއްވީ ލާމަރުކަޒީ ނިޒާމަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ޕީއެންސީގެ ސަޕޯޓަރުންނަށް ކޮށްދެވޭނެ އެންމެ އަގުބޮޑު ޚިދުމަތަކީ ބައިބައިނުވެ ރައީސް ދެވަނަ ދައުރަކަށް ހޮވަން މަސައްކަތްކުރުން''ޚަބަރު | މަހެއް ކުރިން"ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސް އެޅެނީ ކުރީގެ ސަރުކާރުތަކުގެ ދަރަނީގެ ސަބަބުން"ޚަބަރު | މަހެއް ކުރިންލާމަރުކަޒީ ނިޒާމު ބާރުވެރި ކުރެވޭނީ އިޚްލާޞްތެރި ނިޔަތަކާއެކު އިތުބާރު ލިބިގެން: އާދަމް ޝަރީފްޚަބަރު | 2 މަސް ކުރިންއާދަމް ޝަރީފް އާއި ތޯރިގު ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށްޚަބަރު | 2 މަސް ކުރިން