logo
Bank of Maldives

Bank of Maldives

ޚަބަރު

ޤައުމަށްޓަކައި ޕީއެންސީގެ ސަޕޯޓަރުންނަށް ކޮށްދެވޭނެ އެންމެ އަގުބޮޑު ޚިދުމަތަކީ ބައިބައިނުވެ ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް ހޮވަން މަސައްކަތްކުރުން: އާދަމް ޝަރީފް

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ޖޫން 2026 - 19:45
''ޕީއެންސީގެ ސަޕޯޓަރުންނަށް ކޮށްދެވޭނެ އެންމެ އަގުބޮޑު ޚިދުމަތަކީ ބައިބައިނުވެ ރައީސް ދެވަނަ ދައުރަކަށް ހޮވަން މަސައްކަތްކުރުން''

ޤައުމަށްޓަކައި ޕީއެންސީގެ ލީޑަރޝިޕަށާއި، ސަޕޯޓަރުންނަށް ކޮށްދެވޭނެ އެންމެ އަގުބޮޑު ޚިދުމަތަކީ ބައިބައިނުވެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް ހޮވުމަށް މަސައްކަތް ކުރުން ކަމަށް، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖް އަދި ޤަތަރުގެ ސަފީރުކަމަށް އައްޔަނުކުރުމަށް ހަމަޖެހިފައިވާ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނަ ވަރަކަށް، ވެރިކަން ކުރާ ޕާޓީ ބައިބައި ކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރުމަކީ ރާއްޖޭގައި އަބަދުވެސް ހިނގާ ކަމެއް ކަމަށެވެ. އަދި މީގެ ކުރިން ވެރިކަން ކުރި ތިން ޕާޓީ ކަމަށްވާ ޑީއާރުޕީ، އެމްޑީޕީ އަދި ޕީޕީއެމް ވެސް އެ މަޅީގައި ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ އިތުރަށް ވިދާޅުވީ، ސިޔާސީ ޕާޓީތައް ބައިބައިވުމުގެ ސަބަބުން ލިބޭ ހުރިހާ ގެއްލުމެއް ލިބެނީ ރައްޔިތުންނަށް ކަމަށެވެ. އެހެންކަމުން މިހާރު އިދިކޮޅު ފަރާތްތަކުގެ މައިގަނޑު އަމާޒަކަށް ވާނީ ޕީއެންސީ ބައިބައިކުރުން ކަމަށާއި، އެކަމަށް ޕާޓީގެ މެންބަރުން ހުޝިޔާރުވާން ޖެހޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"މި ޤައުމަށްޓަކައި ޕީއެންސީގެ ލީޑަރޝިޕަށާއި ޕާޓީގެ ސަޕޯޓަރުންނަށް ކޮށްދެވޭނެ އެންމެ އަގުބޮޑު ޚިދުމަތަކަށް ވާނީ ޕާޓީ ބައިބައިވުމަށް ފުރުޞަތު ނުދީ، ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޑރ. މުޢިއްޒު ހޮވުމަށް އެއް ރޫޙެއްގައި މަސައްކަތް ކުރުން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން އާދަމް ޝަރީފް ވަނީ ޕީއެންސީގެ އެންމެހާ ސަޕޯޓަރުން އެކަތިގަނޑަކަށް ވެ، ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ކާމިޔާބުކޮށްދިނުމަށް ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ކޮންގްރެސް، ތައްޔާރީތައް ކުރިށް ދަނީ ޖޯޝާ ފޯރިގައި: މިނިސްޓަރު ރާފިޢު ޚަބަރު | ދުވަހެއް ކުރިންޕީއެންސީގެ ހުރިހާ މަޖިލިސް މެމްބަރުން ތިއްބެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ފަލާހްޚަބަރު | 8 ދުވަސް ކުރިންއިދިކޮޅުން އުޅެނީ ރައްޔިތުންނާއި ސަރުކާރު ދެމެދަށް ވަދެ ފަސާދަކުރަން: މުހައްމަދު އިސްމާއީލްޚަބަރު | 8 ދުވަސް ކުރިންޔާމީންގެ ވެރިކަން ނިމުނީ އަނިޔާވެރިވެ، ދިވެހިންގެ ބައިތުލްމާލު ދިރުވާލީމާ: އަބްދުއްރަހީމްޚަބަރު | 8 ދުވަސް ކުރިން