logo
Bank of Maldives

Bank of Maldives

ޚަބަރު

"ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސް އެޅެނީ ކުރީގެ ސަރުކާރުތަކުގެ ދަރަނީގެ ސަބަބުން"

އައިޝަތު ނަޝާ
18 ޖޫން 2026 - 09:36
"ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސް އެޅެނީ ކުރީގެ ސަރުކާރުތަކުގެ ދަރަނީގެ ސަބަބުން"

ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސް އެޅެނީ ކުރީގެ ސަރުކާރުތަކުން ޒިންމާދާރުކަން ކުޑަގޮތެއްގައި އުފައްދާފައިވާ ދަރަނިތަކުގެ ސަބަބުން ކަމަށް ގަތަރަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، ރާއްޖެ ދަރަނިވެރިކުރުވީ ކޮން ވެރިކަމެއްގައި، ކޮން ބައެއްތޯ ބެލުމަކީ މިވަގުތު މުހިންމު ކަމެއް ނޫން ކަމަށާއި، އެންމެ މުހިންމީ އެކަމަށް ހައްލެއް ހޯދުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑޮލަރުގެ އަގު 21 ރުފިޔާއަށް އުފުލިފައިވާތީ އާއި ދައުލަތުގެ ދަރަނި ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ދަރަނި ބޮޑުވީ ކޮން ބައެއްގެ ސަބަބުންތޯ ބެލުމުގެ ބަދަލުގައި، މިވަގުތު އެންމެ މުހިންމީ އެކަމަށް ހައްލެއް ހޯދުން ކަމަށާއި، އެމްޑީޕީއާ ގުޅިގެން މަސައްކަތް ކޮށްފިނަމަ މި މައްސަލައަށް ހައްލު ހޯދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ރާއްޖޭގެ ދަރަނި މިހާރު 126 ބިލިއަނަށް އަރާފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ބައެއް އިތުރުވެފައިވަނީ ނިމިދިޔަ ސަރުކާރުގައެވެ. ނަމަވެސް ނަޝީދު ގަބޫލުފުޅުކުރައްވާ ގޮތުގައި އިގްތިޞާދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ސަރުކާރުން އެމަނިކުފާނުމެންނާ އެކު މަޝްވަރާކޮށްގެން ހައްލު ހޯދަން މިހާރު ވަނީ މަޖުބޫރުވެފައެވެ.

ނަޝީދުގެ މިވާހަކަތަކާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ، ރާއްޖެ ދަރަނިވެރިކުރުވީ ކޮން ބައެއްކަން ރައްޔިތުންނަށް އެނގެންޖެހެނީ، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތަކާއި ރައްޔިތުން އެދޭ ތަރައްގީއަށް ބޭނުންކުރަންޖެހޭ ފައިސާ، ކުރީގެ ސަރުކާރުތަކުން އުފެއްދި ދަރަނި ދެއްކުމަށް ހޭދަކުރަންޖެހޭތީ ކަމަށެވެ.

އާދަމް ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ މާލީ ހާލަތު ރައްޔިތުންނަށް ސާފުކޮށް އެނގުމަކީ ދެފުށް ފެންނަ ވެރިކަމެއްގެ އަސާސެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސް އެޅެނީ ކުރީގެ ސަރުކާރުތަކުގެ ދަރަނީގެ ސަބަބުން"ޚަބަރު | 2 ގަޑިއިރު ކުރިންލާމަރުކަޒީ ނިޒާމު ބާރުވެރި ކުރެވޭނީ އިޚްލާޞްތެރި ނިޔަތަކާއެކު އިތުބާރު ލިބިގެން: އާދަމް ޝަރީފްޚަބަރު | މަހެއް ކުރިންއާދަމް ޝަރީފް އާއި ތޯރިގު ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށްޚަބަރު | މަހެއް ކުރިންމީދޫ ހެލްތު ސެންޓަރު ލެވަލް 4އަށް ބަދަލުކޮށްފިޚަބަރު | 3 މަސް ކުރިން