ޓެކްނިކަލް މައްސަލައެއް ދިމާވެ، މޯލްޑިވިއަންގެ ބުކިންތައް ގުޅައިގެން ހެދުމަށް އެދިއްޖެ

މޯލްޑިވިއަން އިން އެންމެ ފަހުން ގެނައި އޭ-330 މަރުކާގެ ވައިޑް ބޮޑީ މަތިންދާ ބޯޓު -- ފޮޓޯ: ނިޝާން / މިހާރު
.jpg&w=3840&q=75)
01 ފެބްރުއަރީ 2025 - 06:56
ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މޯލްޑިވިއަނުން ދަތުރުކުރާ ފަރާތްތަކަށް އޮންލައިންކޮށް ބުކިން ހެއްދުން ގޮތް ވަގުތީ ގޮތުން ހުއްޓިއްޖެއެވެ.
މޯލްޑިވިއަނުން މިއަދު "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ކުންފުނީގެ ބުކިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، އެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ދިމާވި މައްސަލައަކީ އެ ކުންފުނީގެ އެއާލައިންތަކުން އެކި މަންޒިލުތަކަށް ކުރާ ދަތުރުތަކުގެ ފެއާތަށް، ބުކިން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބޮޑުކޮށް ފެންނަން ހުރުމެވެ. އެކަން ޙައްލުކުރުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
އެހެންކަމުން އެ މައްސަލަ ހައްލުވަންދެން، 1671 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
އަދި މިފަދަ ޙާލަތްތަކުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދި، އެ ކުންފުނީގެ ކަސްޓަމަރުން ދޭ އެއްބާރުލުމަށް ވެސް އެ ކުންފުނިން ވަނީ ޝުކުރުއަދާކޮށްފައެވެ.
އިތުރު ލިޔުންތައް

"މޯލްޑިވިއަން ގްރީން ހޮރައިޒަން އިނިޝިއޭޓިވް" އިފްތިތާޙުކޮށްފި
6 މަސް ކުރިން
މޯލްޑިވިއަންގެ ފްލައިޓެއް ސްޓާޓް ނުވެގެން ފުރުން ލަސްކޮށް، ފަސިންޖަރުން ބާލައިފި
5 މަސް ކުރިން
ކޫއްޑޫ އަލުން އޮޕަރޭޝަނަށް ގެނައުމަށް މަޝްވަރާކޮށްފި
5 މަސް ކުރިން