މާލޭގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް ކަމަކުން، މިހާރު އަލުން ކަރަންޓު ދީފިން: ސްޓެލްކޯ
.jpg&w=96&q=75)
1 ފެބްރުއަރީ 2025 - 07:18

މާލޭގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެންކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން، މުޅި މާލެއިން ވަނީ ކަރަންޓު ކެނޑިފައެވެ. އެއާއެކު ކަރަންޓު ކެނޑެން ދިމާވި މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ފެށިއެވެ.
އެގޮތުން އެ މައްސަލައިގައި ދެންމެ މީޑިޔާތަކަށް ސްޓެލްކޯ އިން ފޮނުވި މެސެޖެއްގައި ބުނީ، ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި އެ މައްސަލަ މިހާރު ހައްލުކުރެވިފައިވާއިރު، މާލޭގެ ބޮޑު ބަޔަކަށް މިހާރު ކަރަންޓުދީފައިވާ ކަމުގައި ވެސް ސްޓެލްކޯއިން ބުންނެވެ.
އަދި ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް އެ ކުންފުނިންވަނީ އާންމުންގެ ކިބައިން މައާފަށް އެދިފައެވެ.