މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ
މެންދުރު ޓީމް
22 ޖުލައި 2025 - 19:10

މާޅެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯ އިން ބުނީ، އަންގާރަ ދުވަހުގެރޭ މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ، ދިމާވި ޓެކްނިކަލް މައްސަލަ އަކާއި ގުޅިގެން ކަމަށާއި، މައްސަލަ ދެނެގަނެ، ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހުޅުމާލޭގެ އިތުރުން މާލޭގެ މާފަންނުގެ އިތުރުން ގަލޮޅުގެ ބައެްއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު ނަމަވެސް، 30 ވަރަަކަށް މިނިޓުގެ ތެރޭގައި ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށް ސްޓެލްކޯ އިން މަޢުލޫމާތުދެއެވެ.