logo
MPL

MPL

ޚަބަރު

ރައީސް ވައުދުތަކުން ނުރެކޭނެ، ވައުދުތައް ފޮތުގައި ލިޔުއްވި ހަމައެކަނި ރައީސަކީ މުޢިއްޒު: މެންބަރު ލަތީފް

އައިޝަތު ދިޔާނާ އަލީ ރިޔާޒް
1 ފެބްރުއަރީ 2025 - 06:37
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ ރަށަކަށް ވަޑައިގެން -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ ރަށަކަށް ވަޑައިގެން -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަކީ ވައުދުތަކުން ރެކޭނެ ބޭފުޅެއް ނޫން ކަމަށާއި، ވައުދުތައް ފޮތެއްގައި ލިޔުއްވި ހަމައެކަނި ރައީސަކީ އެމަނިކުފާނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމުގައި މެންބަރު ލަތީފް ވިދާޅުވީ، ރައީސް މުޢިއްޒު މަސައްކަތް ކުރައްވަނީ ރާއްޖެއަށް ރަނގަޅު ހެޔޮ ބަދަލެއް ގެނައުމަށް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް މުއިއްޒުއަކީ ވައުދުފުޅު ތަކުން ރެކޭނެ ބޭފުޅެއް ނޫން ކަމަށާއި ވައުދެއްވެފާވާނަ އެ ވައުދެއް އެމަނިކުފާނު ފޮތުގައި ލިޔުއްވި ކަމަށް މެންބަރު އަބްދުލް ލަތީފް މުހައްމަދު ވިދާޅުވި އެވެ.

ރާއްޖެއަށް ރަގަޅު ބަދަލެއް ގެނެއުމަށް ގާނޫނުގެ ތެރެއިން ގެންނަން ޖެހޭ ބަދަލުތަކަށް ހައްލު ހޯދުމަށް ރެޔާދުވާލު ރައީށް މުއިއްޒު ގެންދަވަނީ މަސައްކަތް ކުރައްވަމުން ކަމަށްވެސް ންބަރު ވިދާޅުވިއެވެ.

" އެމަނިކުފާނު އެ ވިދާޅުވަނީ ތިމަން މަނިކުފާނު ވައުދެއްވެފައިވާނަމަ އެ ވައުދެއް އިންނާނީ އެ މަނިކުފާނުގެ ފޮތުގައި ލިޔެވިފަ ފެންނަން ގޮތައްށެ އެ ވައުދުފުއްދުމަށް ތިމަން މަނިކުފާނު މަސައްކަތް ކުރާނެކަން ޔަގީންކަން ދެމެ. ވައުދު ރައްޔިތުން ކައިރި ބުނި އެއްޗެއް ފޮތުގަ ލިޔެ ފެންނަ ގޮތައްށޭ ބާއްވާފަ. އެހެންވެ އެކަން ފުއްދާ ދިނުމުގެ ޔަގީންކަން " : މެންބަރު ލަތީފް

ރައީސް މުއިއްޒު ވަނީ ދައުރުގެ ފުރަތަމަ އަހަރު ރަށްރަށައް ޒިޔާރައްކޮށް ރައްޔިތުން އެދޭ އެދުންތައް ހާސިލްކޮއްދެވޭނީ ކޮންގޮތަކަށްތޯ ބަލާ އެމަނިކުފާނު ރަށްރަށައް ވަޑައިގެން ކަންކަން ނޯޓު ކުރައްވައިގެން އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން ކަމަށް މެންބަރު ލަތީފް ވިދާޅުވިއެވެ.

ގަބޫލް ކުރަންޖެހޭ ހަގީގަތަކީ އެމްޑީޕީ ސަރުކާރު ނިމިދިޔައިރު 5 އަހަރު ދުވަހު ތެރޭގައި ދިވެހި ދައުލަތް މުޅި ޖަމްލަ 120 ބިލިޔަން އަށް ދަރުވާލާފައިވާ ކަމަށް ލަތީފް ވިދާޅުވި އެވެ.އަދި މިދިޔަ ސަރުކާރުން ވަނީ މާޒީވެ ދިޔަ 30 އަހަރުގައި ދިވެހި ދައުލަަތުން ނުނަގާ ވަރަށް ދަރަނި ނަގާފައި ކަމަށް ލަތީފް ވިދާޅުވި އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ރައީސް ވައުދުތަކުން ނުރެކޭނެ، ވައުދުތައް ފޮތުގައި ލިޔުއްވި ހަމައެކަނި ރައީސަކީ މުޢިއްޒު"ޚަބަރު | 2 އަހަރު ކުރިން