logoEN
ޚަބަރު

މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް ދިމާވި މައްސަލަ ޙައްލުކޮށްފި

މޯލްޑިވިއަން ގެ ފްލައިޓެއް -- ފޮޓޯ/ މިހާރު

މޯލްޑިވިއަން ގެ ފްލައިޓެއް -- ފޮޓޯ/ މިހާރު

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

01 ފެބްރުއަރީ 2025 - 07:31

މޯލްޑިވިއަންގެ އޮންލައިން ބުކިން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލަ ޙައްލުކޮށް، އަލުން އޮންލައިންކޮށް ބުކިން ހެދޭ ގޮތަށް އެކުންފުނިން ހުޅުވާލައިފިއެވެ.

މޯލްޑިވިއަންގެ އެއާލައިންތަކުން އެކި މަންޒިލުތަކަށް ކުރާ ދަތުރުތަކުގެ ފެއާތަށް، ބުކިން ސިސްޓަމުން ބޮޑުކޮށް ފެންނަން ހުރި މައްސަލައާ ގުޅިގެން މޯލްޑިވިއަނުން މިއަދު ވަނީ ވަގުތީ ގޮތުން އޮންލައިން ބުކިން ހެދުން ހުއްޓާލާފައެވެ.

އަދި އެ މައްސަލަ ހައްލުވުމާ ހަމައަށް، ޓިކެޓް ނަގަން ބޭނުންވާ ފަރާތްތަކުން 1671 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

އެހެން ނަމަވެސް، މިހާރު އެ މައްސަލަ ޙައްލުކޮށް އަލުން އެ ޚިދުމަތް ދޭން ފަށަފައިވާ ކަމުގައި މޯލްޑިވިއަންގެ އޮފިޝަލަކު "މެންދުރު ޓިވީ" އަށް ވަނީ ކަށަވަރުކޮށްދީފައެވެ.

ކޮމެންޓް

871x217_placeholder