logo
ޚަބަރު

ތިނަދޫ ހައުސިން ޔުނިޓަށް ކުރިމަތިލާން ހުޅުވާލި އިއުލާން ބާތިލުކުރަން އަންގައިފި

ތިނަދޫގައި އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓްތައް--ފޮޓޯ: ރާއްޖެއެމްވީ
ތިނަދޫގައި އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓްތައް--ފޮޓޯ: ރާއްޖެއެމްވީ

ގދ. ތިނަދޫގެ 200 ހައުސިން ޔުނިޓަށް ކުރިމަތިލާން އެރަށު ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ހުޅުވާލި އިއުލާން ބާތިލުކުރަން އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އަންގައިފިއެވެ.

އެވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ވިސާލް ސޮއިކުރައްވައި، ތިނަދޫގެ މޭޔަރު ސައުދު އަލީ އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ތިނަދޫ ސިޓީގައި އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓްތަކަކީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ މެންޑޭޓުގައި ހިމެނިފައިވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކަކީ އެވުޒާރާއިން އެންޑޯސްކޮށް، ހުއްދަ ދޭ އުސޫލުތަކާ އެއްގޮތަށް ހަވާލުކުރެވޭ ކަމެއް ކަމަށް ވެސް އެ ސިޓީގައި ބުބެފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންވީމާ އެ ހައުސިން ޔުނިޓްތައް ދޫކުރުމަށް އިއުލާނު ކުރެވޭނީ ވުޒާރާގެ އިރުޝާދުގެ ދަށުން އެ ޔުނިޓްތައް ދެވޭނެ އުސޫލު ފައިނަލް ކޮށް އެޕްލިކޭޝަންގެ މަރުހަލާ ކުރިޔަށް ގެންދިއުމުން ކަމަށް ސިޓީގައިވެއެވެ. ނަމަވެސް، ތިނަދޫ ކައުންސިލުން ވަނީ ވުޒާރާގެ ހުއްދަ ނެތި އިއުލާނު ކޮށްފައިކަން ފާހަގަކޮށް އެ އިއުލާން ބާތިލް ކުރުމަށް ކައުންސިލަށް ވަނީ އަންގާފަ އެވެ.

540 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ހައުސިން ޔުނިޓުތައް އަޅަން ހަމަޖެހިފައިވަނީ 700 އަކަފޫޓުގެ ޖާގައެއްގައި ދެ ފަންގިފިލާގެ ރޯހައުސްތަކެއްގެ ގޮތުގަ އެވެ. ތިން ކޮޓަރާއި ތިން ފާހަނާ، ސިޓިން ރޫމް، ކާގެ އާއި ބަދިގެ، ލޯންޑްރީ އަދި ގުދަނެއް ކޮންމެ ރޯ ހައުސެއްގައި ހުންނާނެއެވެ.

އެ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށާއި ހިތްހަމަޖެހުމަށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ޤާއުމުކުރާނެއެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ބޭރު ފެންނާނެހެން ބެލްކަންޏެއް ވެސް ހުންނާނެއެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތޮއްޑޫ ދެކުނު ފަރާތުގައި ފާލަން ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 14 ގަޑިއިރު ކުރިންމ. ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢު ނިންމާލައިފިޚަބަރު | 2 މަސް ކުރިންގެދޮރު އިމާރާތްކުރުމަށް ހުޅުވާލި ލޯނު ސްކީމަށް، މުއްދަތު ހަމަވި އިރު 2200 އަށްވުރެ ގިނަ ފޯމުޚަބަރު | 3 މަސް ކުރިންޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލް އިދާރާގެ އިމާރާތް އަޅަނީޚަބަރު | 3 މަސް ކުރިން