logoEN
ޚަބަރު

މޫސުމީ ބަދަލުތަކަށް ރިއާޔަތްކުރާ ޞިއްހީ ޚީދުމަތަށް ރާއްޖެއިން އަމާޒުކުރޭ: ވަޒީރު ނާޒިމް

ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ އެގްޒެކެޓިވް ބޯޑުގެ 156 ވަނަ ސެޝަންގެ ތެރެއިން -- ފޮޓޯ: ހެލްތް މިނިސްޓރީ

ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ އެގްޒެކެޓިވް ބޯޑުގެ 156 ވަނަ ސެޝަންގެ ތެރެއިން -- ފޮޓޯ: ހެލްތް މިނިސްޓރީ

ގްރީން-ސްމާޓް ހޮސްޕިޓަލްތަކާއި އިންޓަގްރޭޓެޑް ހެލްތް އިންފްރާސްޓްރަކްޗާ ހިމެނޭ ގޮތަށް، މޫސުމީ ބަދަލުތަކަށް ރިއާޔަތްކުރާ ޞިއްހީ ޚިދުމަތަށް ރާއްޖެއިން އަމާޒުކުރާކަމަށް ސިއްޚަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ އެގްޒެކެޓިވް ބޯޑުގެ 156 ވަނަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، "ހެލްތްފޯއޯލް" ކަށަވަރުކުރުމަށްޓަކައި ރާއްޖެއިން ޕްރައިމަރީ ހެލްތު ކެއާ އާއި، ކްލައިމެޓް ރެސިލިއަންޓް ހެލްތް ކެއާ ހަރުދަނާކުރަމުންދާ ކަމަށެވެ. އަދި ގައިން ގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން، ޒުވާނުންގެ ރައްކާތެރިކަމާއި ދާއިމީ ބަލިތަކުގެ ބުރަ ކުޑަކުރުމުގެ ގޮތުން، އީ-ސިނގިރޭޓު ބޭނުންކުރުން ފުޅާ ދާއިރާއެއްގައި މަނާކުރިކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވަޒީރުގެ ވަނީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓް (ސިޑްސް)ގެ ހައިސިއްޔަތުން، މޫސުމާ ގުޅުންހުރި ޞިއްޙީ ނުރައްކާތައް ޙައްލުކޮށް، ޞިއްޙީ ޚިދުމަތް ހަމަހަމަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި ބައިނަލްއަޤްވާމީ އެއްބައިވަންތަކަމަށް ރާއްޖެ އިލްތިމާސްކުރާކަމަށް ވިދާޅުވެފައެވެ. އަދި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ދުޅަހެޔޮ އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ދުނިޔޭގެ ސިއްހަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގައި، ޚާއްސަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމާއި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ބަލިމަޑުކަމުން އަރައިގަތުމަށް، ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ.ޓެޑްރޯސް އާއި އެ ޖަމިއްޔާއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ވެސް ކުރެއްވިއެވެ.

ވަޒީރު އެފަދައިން ވިދާޅުވިއިރު، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގައި ބައެއް ދުވަސްވަރުތަކުގައި ވައި ވަރަށް ނުސަާފުވެއެވެ. އެގޮތުން މި އަހަރުގެ އިރުވައި މޫސުން ފެށުނު ދުވަސްވަރު، ރާއްޖޭގެ ސަރަހައްދުގައި ވައި ވަރަށް ބޮޑަށް ނުސާފުވެ، އާންމު ސިއްޚަތަަށް ނުރައްކާވާ ދަރަޖައަށް ދިޔައެވެ.

ކޮމެންޓް

871x217_placeholder