logo
Bank of Maldives

Bank of Maldives

ޚަބަރު

އާސަންދަ ރިފޯމްކުރުމަކުން ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭނެ: ހެލްތް މިނިސްޓަރ

އާމިނަތު ޝަފާ
8 ނޮވެމްބަރު 2024 - 05:32
އާސަންދަ ރިފޯމްކުރުމަކުން ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭނެ: ހެލްތް މިނިސްޓަރ

އާސަންދަ ރިފޯމްކުރުމަކުން ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭނެކަމަށް ހެލްތް މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ފުރިހަމަ ޞިއްޙަތަކަށް މުޅި ގައުމު އެކުގައި މި ތީމާއި އެކު "ހެލްތު އެކްސްޕޯ 2024" ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މިއަހަރު މި ފެށި އެކްސްޕޯ ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަރަކު ބާއްވާނެކަމަށެވެ. މިއަހަރު އެކްސްޕޯ މާލޭގައި ބޭއްވި ނަމަވެސް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ރަށްރަށަށް ވެސް ފުޅާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ގެ ވާހަކަފުޅުގައި ވަނީ ރައީސުލް ޖުމުހޫރިއްޔާ ޞިއްޙީ ދާއިރާ ކުރއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާފައެވެ. އެގޮތުން މި ފަސްއަހަރުގެ ދައުރު ނިމޭއިރު ޞިއްހީ ދާއިރާ އެހެން ހަރުފަތަކަށް ދެންދަވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވި އެވެ.

ދުޅަހެޔޮ އާބާދީއަކަށް ވުރެ ބޮޑު އެސެޓެއް ޤައުމެއްގައި ނޯންނާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މި އެކްސްޕޯގެ މަޤްސަދަކީވެސް ޞިއްޙީ މައުލޫމާތު ފޯރުކޮށްދީ ބަލިވީމަ ބޭސްކުރާ ނިޒާމެއްގެ ބަދަލުގައި ބަލިވުމުގެ ކުރިން އެކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި އާދަ އަށަގަތުމަށް އާއްމުން ހޭލުންތެރިކުރުން ކަމަށެވެ.

މިނިސްޓަރ ގެ ވާހަކަފުޅުގައި ޞިއްޙީ ދާއިރާއިން މި ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކަށްވެސް އަލި އަޅުވާލެއްވި އެވެ. އެގޮތުން އެއަރ އެމްބިއުލާންސްގެ ޚިދުމަތާއި ، ކޮލިޓީ ބޭސް ، އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް އަމަލުކުރަން ފެށުން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

"އާސަންދަ ރިޕޯމްކުރުމަކުން ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭނެ. އާސަންދަ އިންޝުއަރެންސް ސްކީމުގެ ފައިދާ އެންމެ ބޭނުންވާ ފަރާތްތަކަށް ލިބި، ނިޒާމުގައި ހުރި "ލޫޕްހޯލްތައް" ބަންދުކުރުމަކީ މި ނިޒާމު ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ކަމެއް. އެތައް ފަންނީ މާހިރުންނެއް މިހާރު ވަނީ މި ނިޒާމާ ގުޅޭ ކަންކަން ދިރާސާކޮށް، މިއަދު އަޅަންޖެހޭ ފިޔަވަޅުތައް ނޭޅިއްޖެނަމަ މާދަމާ ރައްޔިތުންނަށް ކުރިމަތިވެދާނެ ގެއްލުމުގެ ވާހަކަ ކިޔާދީފައި."

 

 

"ހެލްތު އެކްސްޕޯ 2024 " ގައި 50 އަށްވުރެ ގިނަ ބައިވެރިންނާއި ބައިވެރިވެފައިވެއެވެ.

އެކްސްޕޯ ކުރިއަށްދާނީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 08:00 އިން 11:00 އަށެވެ. އަދި ހުކުރުދުވަހު ހަވީރު 4:00 އިން 11:00 އާއި ހަމައަށް މި އެކްސްޕޯ ކުރިއަށްދާނެއެވެ.

މިނިސްޓްރީގެ އިތުރުން ހޮސްޕިޓަލްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުން މި އެކްސްޕޯގައި ބައިވެރިވެފައިވެއެވެ.

ކުޑަކުދިންނަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށްދާ މިއެކްސްޕޯގައި ކުޑަކުދިންގެ ހެލްތު ޗެކަޕް، މިންހެޔޮ ކާނާއާއި ގުޅޭ މައުލޫމާތު، ހެދިބޮޑުވުމާއި ގުޅޭ މައުލޫމާތު، ވެކްސިންގ އަދި އެހެނިހެން ޞިއްޙީ މައުލޫމާތު ފޯރުކޮށްދިނުން ކުރިއަށްދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ފުރަތަމަ ތިންމަހުގައި ޖުމްލަ 1،435 ކުދިން އުފަންވިޚަބަރު | މަހެއް ކުރިންލައިސެންސް ނެތި ބައެއް ނަރުހުން މަސައްކަތްކުރޭ: ހެލްތު މިނިސްޓްރީޚަބަރު | މަހެއް ކުރިންބ.އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތާއެކު އަތޮޅުގެ ސިއްޙީ ނިޒާމަށް ބޮޑު ބަދަލުތަކެއް އަންނާނެ: ނާޒިމްޚަބަރު | މަހެއް ކުރިންހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ފަށައިފިޚަބަރު | މަހެއް ކުރިން