logo
MPL

MPL

ޚަބަރު

ހިމަބިހި ކޮންޓްރޯލެއް ނުވޭ، ޖުމްލަ އަދަދު 15 އަށް

އައިޝަތު އިނާޝާ
9 ޖޫން 2026 - 04:56
ހިމަބިހި ކޮންޓްރޯލެއް ނުވޭ، ޖުމްލަ އަދަދު 15 އަށް

އިތުރު 4 މީހަކު ހިމަބިއްސަށް  ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި ވޭތުވެދިޔަ ހަފްތާގައި އިތުރު 4މީހަކު ޕޮޒްޓިވްވެ، ހިމަބިހީގެ ޖުމްލަ އަދަދު 15 އަށް ވަނީ އަރާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ހިމެނެއެވެ. މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ބަލީގެ އަލާމާތެއް ހުރި ނަމަ ބޭރަށް ނުކުންނައިރު މާސްކު އެޅުމަކީ ބަލި ފެތުރުން ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ރާއްޖެއަކީ 2017 ވަނަ އަހަރުން ފެށިގެން ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް، މިދިޔަ މެއި މަހުން ފެށިގެން މާލެ ސަރަހައްދުން މި ބަލީގެ ކޭސްތައް ފެންނަމުންދާތީ، މިކަމާ ގުޅިގެން އެޗްޕީއޭއިން ދަނީ ބަލި ޖެހުނު މީހުންނާ ގާތުން ބައްދަލުވި ފަރާތްތައް ދެނެގަނެ، އެ މީހުން ޓެސްޓުކުރުމުގެ އިތުރުން ބޭނުންވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ސިއްހީ މާހިރުން އިރުޝާދު ދޭ ގޮތުގައި، މީގެ ކުރިން ހިމަބިހީގެ ވެކްސިން ޖެހިކަމުގެ ޔަގީން ލިޔެކިޔުމެއް ނެތް ނަމަ، އެންމެ ރައްކާތެރި ގޮތަކީ އަލުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ. ވެކްސިން ޖެހުމަކީ ބަލީގެ ނުރައްކާ ކުޑަކޮށްދީ، ފުރާނައަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްކޮށްދޭ ކަމެކެވެ. ހާއްސަކޮށް ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުން މި ބައްޔަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ރިވެލި އެވޯޑު 8 ފަރާތަކަށް، އެވޯޑު ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާޚަބަރު | 2 ދުވަސް ކުރިންސިއްހީ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން, ހެލްތު އެކްސްޕޯ ނިންމާލީ ބޮޑު ކާމިޔާބީއަކާއެކުޚަބަރު | 3 ދުވަސް ކުރިންސިއްހީ ނިޒާމަށް ބޮޑު ބަދަލެއް: މާލެއާއި އަތޮޅުތަކުގެ ބޮޑެތި ހޮސްޕިޓަލްތައް އެއް ބޯޑެއްގެ ދަށަށްޚަބަރު | 8 ދުވަސް ކުރިންކެންސަރު ބަލި ދެނެގަނެ ފަރުވާދޭނެ ޒަމާނީ ބޮޑު މަރުކަޒެއް ހުޅުމާލޭގައި ގާއިމުކުރަން ސޮއިކޮށްފިޚަބަރު | 12 ދުވަސް ކުރިން