logo
Bank of Maldives

Bank of Maldives

ޚަބަރު

އޭ.އެސް.އެމް.އެޗްގައި ފުރަތަމަ ފަހަރަށް، ލެޕަރޮސްކޯޕިކް ގައިނަކޮލޮޖިކަލް ސާޖަރީއެއް

އައިޝަތު އިނާޝާ
14 ޖޫން 2026 - 09:03
އޭ.އެސް.އެމް.އެޗްގައި ފުރަތަމަ ފަހަރަށް، ލެޕަރޮސްކޯޕިކް ގައިނަކޮލޮޖިކަލް ސާޖަރީއެއް

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭ.އެސް.އެމް.އެޗް) ގައި ފުރަތަމަ ފަހަރަށް، ލެޕަރޮސްކޯޕިކް ގައިނަކޮލޮޖިކަލް ސާޖަރީއެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.

އެހޮސްޕިޓަލުން ބުނީ، މިސާޖަރީގައި ވާތްފަރާތުގެ އޯވަރީގައި އުފެދިފައިވާ ސިސްޓެއް ނެގުމާއި، ފެލޯޕިއަން ޓިއުބުގެ ފައިބްރޯމާ ނެގުން ހިމެނޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ޑރ. ޢުބައިދު އަބްދުﷲ އިސްވެ ހުންނަވައި ކުރިއަށް ގެންދިޔަ ސާޖަރީއެކެވެ. އެ ޑޮކްޓަރުގެ އިތުރުން ތަޖުރިބާ ކާރު ޑޮކްޓަރުންގެ ޓީމަކުން މި ސާޖަރީގައި ވަނީ ބައިވެރިވެފައެވެ. އެގޮތުން މި ޓީމުގައި ހިމެނެނީ ޑރ. އާމިނަތު ނުޞްރާ، ޑރ. ޖުމައިލަތު ބޭގަމް،ޑރ. މުޙައްމަދު އަމީން މުޙައްމަދު ޙަމްޒާ،ޑރ. މަޙްމޫދު ސަޢީދު، އަޙްމަދު މުޙައްމަދު ސާދު އެވެ.

ޢޭ.އެސް.އެމް.އެޗް އިން ވަނީ ޑޮކްޓަރުންގެ ޓީމުން ދެއްކެވި ފަރުވާތެރިކަމާއި ކުރެއްވި މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.

އަދި މިއީ މި ހޮސްޕިޓަލުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކޮށް، އައު އުސްމިންތަކަކަށް ވާޞިލުވުމަށް ކުރެވޭ މަސައްކަތުގައި ހޯދުނު ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުމެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރު 17 ރަށަކަށް އައު އެމްބިއުލާންސް ހަވާލުކޮށްފިޚަބަރު | 13 ދުވަސް ކުރިންހެލްތް މިނިސްޓްރީގެ ޑިޖިޓަލް ޕޯޓަލް، "އިތާ" އިފްތިތާހުކޮށްފިޚަބަރު | 14 ދުވަސް ކުރިންރާއްޖޭގެ އާބާދީގެ މައްސަލަތަކަށް ހައްލު ހޯދުމަށް "ސްމާޓް ކެއަރ ޕޮލިސީ" ތަކެއް އެކުލަވާލަނީޚަބަރު | 18 ދުވަސް ކުރިންސިއްހަތަށްކުރާ ހޭދައަކީ ދުޅަހެޔޮ ރައްޔިތެއް ބިނާ ކުރުމަށް ކުރާ ބޮޑު އިންވެސްޓްމެންޓެއް: ޑރ. ގީލާޚަބަރު | 21 ދުވަސް ކުރިން