logo
MPL

MPL

ޚަބަރު

ސިއްހަތަށްކުރާ ހޭދައަކީ ދުޅަހެޔޮ ރައްޔިތެއް ބިނާ ކުރުމަށް ކުރާ ބޮޑު އިންވެސްޓްމެންޓެއް: ޑރ. ގީލާ

އަޙުމަދު ރިޝާން
9 ޖުލައި 2026 - 04:43
ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީ ވާހަކަފުޅު ދައްކަވަނީ. -ފޮޓޯ/މަޖިލިސް
ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީ ވާހަކަފުޅު ދައްކަވަނީ. -ފޮޓޯ/މަޖިލިސް

ސިއްހަތަށްކުރާ ހޭދައަކީ ދުޅަހެޔޮ އުފެއްދުންތެރި ރައްޔިތެއް ބިނާ ކުރުމަށް ކުރާ އެންމެ ބޮޑު އެންމެ މުހިއްމު އެއް އިންވެސްޓްމެންޓް ކަމަށް ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ސިއްހަތު ކަށަވަރު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ މުހިއްމު އެއް ސިޔާސަތު ކަމަށެވެ. އަދި މިދައުރުގައި ބަޖެޓްގައި އެންމެ ބޮޑު ހޭދައެއް ކުރަނީ ވެސް ރައްޔިތުންގެ ދުޅަހެޔޮ ސިއްހަތަށް ކަމަށް ގީލާ ވިދާޅުވި އެވެ. އެގޮތުން މިއަހަރުގެ ބަޖެޓްގައި 1.9 ބިލިޔަން ރުފިޔާ ސިއްހީދާއިރާ އަށް ބަޖެޓްކޮށްފައިވާ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ގީލާ ވިދާޅުވީ އާސަންދަ އަކީ އެއްވެސް ތަފާތު ކުރުމެއް ނެތި ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ އިންޝިއުރެންސް ސްކީމެއް ކަމަށެވެ. އަދި މި ސްކީމްގެ ދަށުން ރާއްޖެ އިން ބޭރަށް ބޭސް ފަރުވާއަށްދާ މީހުންގެ އަދަދު މަދު ކުރެވިފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވެވި އެވެ. އަދި 2023 ވަނަ އަހަރާ އަޅާ ބާލާއިރު، 2025 ވަނަ އަހަރު ރާއްޖޭން ބޭރަށް ބޭސް ފަރުވާ އަށް ދަތުރުކުރި މީހުންނަށް ވުރެ، 338 މީހުން މަދުވެފައިވާ ކަމަށް ގީލާ ފާހަގަ ކުރެއްވެވި އެވެ.

ހެލްތް މިނިސްޓަރު ގީލާ ވިދާޅުވީ ރާއްޖެއިން ބޭރަށް ކެންސަރު ބަޔަށް ފަރުވާ ހޯދުމަށް ފޮނުވަންޖެހޭ މީހުންގެ އަދަދު ގިނަވަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް 483 މީހަކު ކެންސަރާ ގުޅުން ހުރި ކަންކަމުގައި ރާއްޖޭއިން ބޭރުން ފަރުވާ ހޯދާފައިވާ ކަމަށާއި، ކެންސަރަށް ފަރުވާ ކުރާ މީހުންގެ އަދަދު އުނިކުރުމުން 2023 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް އެހެނިހެން ބަލިތަކަށް ބޭސްފަރުވާ ހޯދި މީހުންގެ އަދަދު 821 މަދުވެފައިވާ ކަމަށް ވެސް އެކަމަނަ ފާހަގަ ކުރެއްވެވި އެވެ.

 

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ސަރުކާރުގައި ހަވާލުކުރި ސިއްހީ ދާއިރާގެ މަޝްރޫޢުތަކުން 60 މިލިއަން ރުފިޔާގެ އިސްރާފެއްޚަބަރު | 17 ދުވަސް ކުރިންއިތުރު 17 ރަށަކަށް އައު އެމްބިއުލާންސް ހަވާލުކޮށްފިޚަބަރު | މަހެއް ކުރިންހެލްތް މިނިސްޓްރީގެ ޑިޖިޓަލް ޕޯޓަލް، "އިތާ" އިފްތިތާހުކޮށްފިޚަބަރު | މަހެއް ކުރިންރާއްޖޭގެ އާބާދީގެ މައްސަލަތަކަށް ހައްލު ހޯދުމަށް "ސްމާޓް ކެއަރ ޕޮލިސީ" ތަކެއް އެކުލަވާލަނީޚަބަރު | 2 މަސް ކުރިން