logo
Bank of Maldives

Bank of Maldives

ޚަބަރު

ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ފޮނުވާ ތެލެސީމިއާ ކުދިން ސްކްރީންކުރަން ފަށައިފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
19 އޮކްޓޯބަރު 2024 - 06:05
ހެލްތް މިނިސްޓަރ ނާޒިމް
ހެލްތް މިނިސްޓަރ ނާޒިމް

ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ފޮނުވާ ތެލެސީމިއާ ކުދިން ސްކްރީންކުރަން ފަށައިފިއެވެ.

މިކަން ހާމަކުރައްވައި ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހިމް ވިދާޅުވީ 2025 ވަނަ އަހަރަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޝަރުތު ހަމަވާ ކުދިން ސްކްރީން ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގައި ތެލެސީމިއާގެ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މެނޭޖްމަންޓް މާސްޓަރ ޕްލޭން އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ނާޒިމް ވަނީ ވޭތުވެދިޔަ 10 މަސް ދުވަހުގެ ތެރޭގައި ތެލެސީމިއާ އަށް ސްކޫލް ކުދިން ހޭލުންތެރިކުރުމުގެ ކެމްޕެއިންތަކާއި ހަތަރު ތަނެއްގައި ބްލަޑް ބޭންކް ގާއިމްކުރުން ކުރިއަށްގެންދެވިފައިވާކަމަށް ވިދާޅުވެފައެވެ. އަދި މެދުކެނޑުނު ބޯންމެރޯ ޓްރާންސްޕްލާންޓްގެ މަސައްކަތް މިއަހަރު އަލުން ފަށާފައިވާ ކަމަށާއި މިހާރުވެސް 14 ކުއްޖަކު ފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ސަރުކާރުގެ ވައުދާ އެއްގޮތަށް ކޮންމެ އަހަރަކު ވެސް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ވަކި އަދަދެއްގެ ކުދިން ފޮނުވާނެ ކަމަށާއި މިހާރު ވެއިޓިން ލިސްޓުގައި 40 ކުއްޖަކު ހިމެނޭ ކަމަށާއި އެ ހުރިހާ ކުދިންނަކީ ވެސް އާއިލާގެ އެހީދޭ ކުދިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގައި އާއިލާތަކަށް ކުރިމަތިވާ މާލީ އަދި ލޮޖިސްޓިކް ތަކުލީފުތަކުގެ ސަބަބުން ބޯންމެރޯ ޓްރާންސްޕްލާންޓް ފެސިލިޓީތައް ރާއްޖެ ގެނައުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ހުޅުމާލޭގައި ކުރިއަށް ގެންދާ ތެލެސީމިއާ ހޮސްޕިޓަލުގައިވެސް ބޯންމެރޯ ޓްރާންސްޕްލާންޓްގެ ހިދުމަތް ހިމެނޭނެ އެވެ.

މިވަގުތު ރާއްޖޭގައި ތެލެސީމިއާ ގެ 943 މީހަކު ތިބިއިރު އޭގެ ތެރެއިން 655 މީހުންނަކީ ކުޑަކުދިންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާދަމާ އިން ފެށިގެން ތެލަސީމިއާ ބަލި މީހުންނަށް މަހަކު 2،000 ރުފިޔާ ލިބޭނެ!ޚަބަރު | 4 ގަޑިއިރު ކުރިންދުވާފަރު ހޮސްޕިޓަލް އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 18 ދުވަސް ކުރިންސްޓޭޓް ފާމަސޫޓިކަލްއަކީ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ވަޒީރު ޚަބަރު | މަހެއް ކުރިން"ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ"ޚަބަރު | 2 މަސް ކުރިން