logo
MPL

MPL

ޚަބަރު

ރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމުގެ ސިލްސިލާ މިއަހަރުވެސް ކުރިއަށްދާނެ

މުޙައްމަދު އަފްރާޙް
9 މާރިޗު 2026 - 10:57
ރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމުގެ ސިލްސިލާ މިއަހަރުވެސް ކުރިއަށް

ރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމުގެ ސިލްސިލާ މިއަހަރުވެސް ކުރިއަށްދާނެ ކަމުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެގޮތުން ވަޒީރު ވަނީ މިއަހަރު ތެރޭ 76 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެމަނިކުފާނު ވަނީ އަތޮޅުތަކުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކުދި އާބާދީތަކުގެ ޞިއްޙީ މަރުކަޒުތަކުގައި ލެބޯޓަރީގެ ޚިދުމަތް ލިބެންނެތުމުގެ ދަތިކަންކަމަށެވެ.

އެހެންކަމުން އެ ޚިދުމަތް ހޯދުމަށްޓަކައި ވަރަށް ގިނަ ފަރާތްތަކުން މާލޭއާއި ކައިރި ރަށްރަށަށް ދަތުރުކުރަންޖެހޭކަމަށާއި އެ ދަތިތަކަށް ހައްލު ގެނައުމަށް ލެބޯޓަރީގެ ޚިދުމަތް ނެތް ރަށްރަށުގައި އެ ޚިދުމަތް ދޭން ފެށުމަށް ސަރުކާރުން ވަނީ މުހިންމު މަޝްރޫޢެއް ފައްޓާފައި ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ލެބޯޓަރީގެ ޚިދުމަތް ލިބެން ނެތް ރަށްރަށުގައި އެ ޚިދުމަތް ޤާއިމްކުރެއްވުމަށް ޚާއްސަ ސިޔާސަތެއް ކަނޑައަޅާ އެ މަސައްކަތް މިހާރު ބާރު ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

ލެބޯޓްރީގެ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށްވާއިރު ސަރުކާރުން މަސައްކަތްކުރަނީ، ކޮންމެ މީހަކުވެސް އެމީހަކު ހުރި ރަށަކުން މި ޚިދުމަތް ލިބޭނެ މަގުފަހިކުރުމަށެވެ. އަދި ލެބޯރެޓަރީގެ ޚިދުމަތާއެކު ބައެއް ބަލިތައް ދުރާލާ ދެނެގަތުމުގެ މަގުފަހިވެގެންދާނެ ކަމަށާއި، މިއީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށްވެސް ލިބޭނެ އިތުރު ބާރެއްކަންވެސް ސަރުކާރުން ފާހަގަކުރައްވައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ރިވެލި އެވޯޑު 8 ފަރާތަކަށް، އެވޯޑު ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާޚަބަރު | 2 ދުވަސް ކުރިންސިއްހީ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން, ހެލްތު އެކްސްޕޯ ނިންމާލީ ބޮޑު ކާމިޔާބީއަކާއެކުޚަބަރު | 3 ދުވަސް ކުރިންސިއްހީ ނިޒާމަށް ބޮޑު ބަދަލެއް: މާލެއާއި އަތޮޅުތަކުގެ ބޮޑެތި ހޮސްޕިޓަލްތައް އެއް ބޯޑެއްގެ ދަށަށްޚަބަރު | 8 ދުވަސް ކުރިންކެންސަރު ބަލި ދެނެގަނެ ފަރުވާދޭނެ ޒަމާނީ ބޮޑު މަރުކަޒެއް ހުޅުމާލޭގައި ގާއިމުކުރަން ސޮއިކޮށްފިޚަބަރު | 12 ދުވަސް ކުރިން