logo
Bank of Maldives

Bank of Maldives

ޚަބަރު

ގަވް މެސެޖް މެދުވެރިކޮށް ދައުލަތުގެ ކޮންމެ އިދާރާއަކަށް ޝަކުވާ ހުށަހެޅޭނެ

އައިޝަތު ދިޔާނާ އަލީ ރިޔާޒް
4 ފެބްރުއަރީ 2025 - 06:21
އެންސީއައިޓީ) އައިޓީ އެކްސިކިއުޓިވް ހުސެން ޝިފާ -- ފޮޓޯ : މެންދުރު
އެންސީއައިޓީ) އައިޓީ އެކްސިކިއުޓިވް ހުސެން ޝިފާ -- ފޮޓޯ : މެންދުރު

ސަރުކާރު ބަންދު ދުވަހެއް ވިޔަސް ގަވް މެސެޖް މެދުވެރިކޮށް ދައުލަތުގެ ކޮންމެ އިދާރާއަކަށް ޝަކުވާ ހުށަހެޅޭނެ ކަމަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮ ( އެންސީއައިޓީ) ޒިންމާދާރުވެރިޔާ ހުސެއިން ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު މިފަދައިން ވިދާޅުވީ މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝިފާއު ވިދާޅުވެފައިވަނީ އެންސީއައިޓީގެ މަސައްކަތްތައް އިތުރަށް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާރު 24 ގަޑިއިރު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ.

ސިޓީ ރައްދުވީކަން އެއީ ގެރެންޓީކުރެވޭ އެއްޗެއް އަޅުގަނޑުމެންނަށް އޮންލައިން ކޮށް މި ހިދުމަތައް އެދެވުނީމަ އޭގެ ބަދަލުގައި އަޅުގަނޑުމެންނަ އެބަ ލިބޭ އެންޓްރީ ނަންބަރެށް މި އެންޓްރީ ނަންބަރަކީ ސަރުކާރަށް ފިޒިކަލީ ޑޮކިޔުމެންޓްއެއް ހުށައަޅައިގެން ވެސް މި ޑޮކިޔުމެންޓް އަކީ ޖެމް ސިސްޓަމްއަށް ރަޖިސްޓްރީވާ ރެޖިސްޓްރީ ނަންބަރެއް. އެ ނަންބަރު ވަގުތުން ސަބްމިޓް ކުރާއިރަށް ލިބޭނެ .

އަދި އެންސީއައިޓީގެ މައިގަނޑު އަމާޒެއްގެ ގޮތުގައި ފާހަގަ ކުރައްވާފަވަނީ ދިވެހި ރާއްޖެއަކީ ޑިޖިޓަލް އަދި ސްމާޓް ނޭޝަން އަކަށް ހެދުން ކަމަށާއި ސްމާޓް ނޭޝަން އަކަށް ހެދުމަށްޓަކައި ޤާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތަށް ގެނެއުމުގެ މަސައްކަތާއި ޑިޖިޓަލް އިކޮނޮމީ އެއް ރާއްޖޭގަ އެސްޓެބްލިޝް ކުރުމަށްޓަކައި ގެންނަން ޖެހޭ ސްޓްރެޓިޖިކް އެކްޝަން ޕްލޭނިން ކުރިދާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގަވަމެންޓް ޕްރައިވެޓް ކްލައުޑްއެއްގެ މަސައްކަތް ކުރިއަށްދާކަމަށާއި ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ޤާނޫނީ އޮނިގަޑުގެ ތެރެއިން ކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަވް މެސެޖް މެދުވެރިކޮށް ދައުލަތުގެ ކޮންމެ އިދާރާއަކަށް ޝަކުވާ ހުށަހެޅޭނެޚަބަރު | 7 މަސް ކުރިން