logoEN
ޚަބަރު

ނަޒާހާގެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް އިއްވަން ތައްޔާރުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ

04 ފެބްރުއަރީ 2025 - 18:16

ކުރީގެ ފިރިމީހާ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް އިއްވަން ތައްޔާރުވެއްޖެ އެވެ.

މިގޮތުން ސުޕްރީމް ކޯޓުން މިހާރު ވަނީ މި މަހުގެ 13 ވަނަ ދުވަހު އެ މައްސަލައިގެ ހުކުމް އިއްވަން ތާވަލުކޮށްފައެވެ.

މަރިޔަމް ނަޒާހާ، ހ. ބައިކަނޑިގޭ، ގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދު (ޝާޑު)، މއ. އެދުރުގޭ، 2010 ވަނަ އަހަރު މަރާލުމުގެ ކުށް ސާބިތުވުމާ ގުޅިގެން 2011 ވަނަ އަހަރު ކްރިމިނަލް ކޯޓުން ނަޒާހާ 25 އަހަރަށް ޖަލަށް ލާން ހުކުމްކުރިއެވެ.

2015 ވަނަ އަހަރު ނަޒާހާ ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ނަމަވެސް ހައި ކޯޓުން އެ މައްސަލަ ބެލުމަށްފަހު ކަނޑައެޅީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އޭގެ ހަ އަހަރު ފަހުން، 2021 ވަނަ އަހަރު، ނަޒާހާ ވަނީ ހައި ކޯޓުގެ އެ ހުކުމް އިސްތިއުނާފުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder