logoEN
ޚަބަރު

ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާއެކު ޖެނުއަރީ މަހު 411 މިލިއަން ރުފިޔާ ސަލާމަތްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ

04 ފެބްރުއަރީ 2025 - 21:41

ސަރުކާރުން އަޅާފައިވާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން މިއަހަރުގެ ޖެނުއަރީ މަހު ދައުލަތުގެ ޚަރަދުތަކުން 411 މިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވަލޮޕްމެންޓްސް ރިޕޯޓުގައިވާ ގޮތުން، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ދައުލަތުގެ ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުތަކުން 411 މިލިއަން ރުފިޔާ ކުޑަކުރެވިފައިވެއެވެ. މިގޮތުން، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު 1.2 ބިލިއަން ރުފިޔާ ޚަރަދުކުރެވުނުއިރު، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ޚަރަދުކުރެވިފައިވަނީ 846.4 މިލިއަން ރުފިޔާއެވެ.

ޚަރަދު ކުޑަކުރެވުނު މައިގަނޑު ދާއިރާތަކުގެ ތެރޭގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އާއި އިދާރީ ކަންކަމާއި ހިންގުމުގެ ޚަރަދުތައް ހިމެނެއެވެ. ޕީއެސްއައިޕީގެ ދަށުން 188.5 މިލިއަން ރުފިޔާ ކުޑަކުރެވިފައިވާއިރު، އިދާރީ އަދި ހިންގުމުގެ ޚަރަދުތަކުން 336.4 މިލިއަން ރުފިޔާ ކުޑަކުރެވިފައިވެއެވެ.

ހިންގުމުގެ ޚަރަދުތަކުގެ ތެރެއިން ދަތުރުފަތުރުން 12.5 މިލިއަން ރުފިޔާ، އާސަންދައިން 47.2 މިލިއަން ރުފިޔާ، އިދާރީ ކަންކަމަށް ބޭނުންވާ ސާމާނުން 100.8 މިލިއަން ރުފިޔާ، އަދި އިދާރީ ޚިދުމަތްތަކުން 98.1 މިލިއަން ރުފިޔާ ކުޑަކުރެވިފައިވެއެވެ. މީގެ އިތުރުން، ފައިނޭންސިންގ އަދި އިންޓަރެސްޓުން 173.7 މިލިއަން ރުފިޔާ ކުޑަކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅާފައިވާ މި ފިޔަވަޅުތަކަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެވެ.

ކޮމެންޓް

871x217_placeholder