logo
ވިޔަފާރި

ފިޗުން އަނެއްކާ ވެސް ރާއްޖޭގެ ރޭޓިން ދަށްކޮށްފި، މި ފަހަރު "ސީސީ"އަށް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
29 އޯގަސްޓު 2024 - 09:04
ފިނޭންސް މިނިސްޓްރީ -- ފޮޓޯ/ އަވަސް
ފިނޭންސް މިނިސްޓްރީ -- ފޮޓޯ/ އަވަސް

ދުނިޔޭގެ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗުން ރާއްޖޭގެ ރޭޓިން "ސީސީސީ ޕްލަސް" އިން "ސީސީ" އަށް މިއަދު ދަށްކޮށްފިއެވެ.

މިއީ ފިޗުން ރާއްޖޭގެ ރޭޓިން، މި އަހަރުގެ ތެރޭގައި ދަށްކުރި ދެވަނަ ފަހަރެވެ. މިދިޔަ ޖޫން މަހު، ފިޗުން ރާއްޖޭގެ ރޭޓިން، "ބީ މައިނަސް" އިން "ސީސީސީ ޕްލަސް" އަށް ދަށްކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފިޗުގެ މި ރޭޓިން އިން ދޭހަވަނީ، ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކުމުގެ ފުރުސަތު ވަރަށް ބޮޑުކަމާއި، ދަރަނީގެ ޙާލަތު ވަރަށް ގޯސް ކަމެވެ.

އެގޮތުން ފިޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ދަރަނީގެ ޙާލަތު މިވަގުތު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. އެގޮތުން މިދިޔަ މޭއި މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ ބޭރު ފައިސާގެ ފޮރިން ރިޒާވް 20 އިންސައްތައަށް ވެއްޓިފައިވާކަމަށް އެ ބަޔާނުގައި ބުންޏެވެ. އެއީ ނަންބަރު ބަލާއިރު، 492 މިލިއަން ޑޮލަރުން 395 މިލިއަން ޑޮލަރަށް ވެއްޓުން ކަމުގައި ފިޗުން ބުންޏެވެ.

އެގޮތުން އެ ވެއްޓުމަކީ 2016 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އެންމެ ބޮޑަށް ދަށްވި ފަހަރު ކަމަށް ފިޗުން އެ ރިޕޯޓުގައި ބުންޏެވެ.

އެ ބަޔާނުގައި ފިޗުން އިތުރަށް ފާހަގަކުރި ކަންކަމުގެ ތެރޭގައި:

  • ރާއްޖޭގެ ބޭރުގެ ދަރަނި އަންނަ އަހަރު ނިމޭއިރު 557 މިލިއަން ޑޮލަރަށް އަރާނެ ،
  • 2026 ވަނަ އަހަރު އެ އަދަދު 1އެއް ބިލިއަން ޑޮލަރަށް އަރާނެ،
  • 2026 ނިމޭއިރު ދައްކަން ޖެހޭ 200 މިލިއަން ޑޮލަރު ހޯދަން ވެސް އުނދަގޫވެދާނެ.

 

ފިޗުން ފާހަގަކުރި ގޮތުގައި، އެ ދަތިތައް ދިމާވުމުގައި ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވެފައި، ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތަކަކީ ރާއްޖޭގެ އިގްތިސާދީ މި ޙާލަތުން އަރައިގަތުމުގައި ހުރި ގޮންޖެހުމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލީ ވަޒީރުގެ އެޑްވައިޒަރަކަށް ކުރީގެ ވަޒީރު ހަމްދޫން ހަމީދުޚަބަރު | 9 ދުވަސް ކުރިންމިއަހަރުގެ ޖޫން މަހު ދައުލަތަށް 2.9 ބިލިޔަން ރުފިޔާޚަބަރު | 12 ދުވަސް ކުރިންފުރަތަމަ ހަތް މަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.2 ބިލިއަން ރުފިޔާވިޔަފާރި | 19 ދުވަސް ކުރިންމިއަހަރު ރިޒާވުން ދަރަނި ދައްކަން ނެގި އަދަދު 60 އިންސައްތަ އިތުރުވެއްޖެވިޔަފާރި | މަހެއް ކުރިން