logo
Bank of Maldives

Bank of Maldives

ޚަބަރު

މި އަހަރު ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވޭނެ: ރައީސް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
6 ފެބްރުއަރީ 2025 - 13:48
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

 އެ މަނިކުފާނު ވަޢުދު ވެވަޑައިގެންފައިވާ ގޮތަށް ކައުންސިލްތަކުގެ މުއައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް މި އަހަރުގެ ތެރޭގައި އަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ކައުންސިލުތަކުގެ މަސައްކަތުގެ އެކަށޭނަ ޒަމާނީ ހިތްފަސޭހަ ވެށްޓެއް ޤާއިމުކޮށްދެއްވައި، ކައުންސިލްތަކަށް ދެއްވަންޖެހޭ ފުރިހަމަ އިޙްތިރާމާއި ޤަދަރުދީ، އެ އަޚްލާޤު އުފެއްދެވުމަކީ އެ މަނިކުފާނު ޤަބޫލުފުޅުކުރައްވާ އުޞޫލު ކަމަށެވެ.  އަދި އެ ސަބަބަށްޓަކައި 55 ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫޢު މިހާރު ކޮންޓްރެކްޓް ކުރެވި، ޗައިނާގެ ހިލޭ އެހީގައި ގާއިމުކުރާ އިތުރު 50 ކައުންސިލް އިދާރާ އިމާރާތް ކުރުމުގެ މަޝްރޫޢު ހިންގުމަށް މިހާރު ތައްޔާރުވަމުންދާ ކަމުގައި ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އެ މަނިކުފާނު ވަޢުދު ވެވަޑައިގެންނެވި ގޮތަށް ކައުންސިލްތަކުގެ މުއައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަވަން ޖެހޭނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށާއި، އެކަން މިއަހަރު ޕޭ ހާމަނައިޒް ކުރެވި، މުސާރަ ކުރެވޭ ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، ޖުޑިޝަރީގެ މުވައްޒަފުންނާއެކު ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަވެސް ހާމަނައިޒްކުރެވި ބޮޑުކުރެވޭނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެވަޑައިގެންފައިވާ ވަޢުދު ފުއްދެމެވުމަށްޓަކައި ވަޒީފާއާބެހޭ ޤާނޫނާއި ލާމަރުކަޒީ ޤާނޫނަށް ހުށަހަޅަންޖެހޭ އިސްލާޙުތައް މި މަހު ހުށަހަޅުއްވާނެ ކަމަށާއި، މި ދެ އިސްލާޙްގެ ނަތީޖާއަކަށް ވާނީ މިހާރު ލިބޭ އެލަވަންސަށް މުސާރައިގެ ދަރަޖަ ލިބުންކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން އެ ކަނބަލުންނަށް ރޯދަ އެލަވަންސް ދިނުމަށް ހުރި ހުރަސްތަކާއި ބޭންކުތަކުން ލޯނު ހޯދުމަށް ދިމާވާ ދަތިތަކުގެ އިތުރުން، ވިހެއުމުގެ ޗުއްޓީ ފަދަ ކަންކަމަށް ޙައްލު ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، ލާމަރުކަޒީ ނިޒާމަށް ފުރިހަމައަށް ފުރުޞަތު ދިނުމާއެކު ރައްޔިތުންގެ ގާތަށްވަޑައިގެން ރައްޔިތުން އެދޭކަންކަން އޮޅުންފިލުއްވައި ރައްޔިތުން އެދޭ އަމާޒަށް ވާޞިލުވުމަށް މަސައްކަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ އައްޑޫ ދަތުރުފުޅުގެ ތެރެއިން ވެސް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްޚަބަރު | 2 ގަޑިއިރު ކުރިންފުވައްމުލަކުގެ އުންމީދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފިޚަބަރު | 12 ގަޑިއިރު ކުރިން''މުސާރަ ބޮޑުކުރީ ބޮޑު ދިރާސާއަކަށްފަހު، ބާކީ ހުރި ދާއިރާތަކުގެ މުވައްޒަފުންނަށް އަންނަ އަހަރު މުސާރަ ބޮޑުވާނެ''ޚަބަރު | 12 ގަޑިއިރު ކުރިން''ގިނަ ވައުދުތަކެއް ފުއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ތަރުތީބުކުރެވިފައި''ޚަބަރު | 13 ގަޑިއިރު ކުރިން