logo
ޚަބަރު

ރަސްމާލޭގެ ބިން މި އަހަރު ހިއްކައި ނިންމައި، ޚިދުމަތްތައް ތަރައްގީކުރަން މި އަންނަ އަހަރު ފަށާނެ: ރައީސް

ސުދާ ލަތީފް
7 ފެބްރުއަރީ 2025 - 06:17
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/ އެޗްޑީސީ
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/ އެޗްޑީސީ

ރަސްމާލޭގެ ބިން ހިއްކުމުގައި ގިނަ ދަތިތަކެއް ދިމާވި ނަމަވެސް، މި އަހަރު އެތަނުގެ ބިން ހިއްކައި ނިމޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް އިއްޔެ ބޭއްވި، ޖަލްސާގައި ރިޔަސީ ބަޔާން އިއްވަވަމުންނެވެ.

Hajj Corpooration

އެގޮތުން ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔަވަހިކަމުގެ ދަތިކަން ހައްލު ކުރުމަށް ރަސްްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި، މި އަހަރު އެތަން ހިއްކައި ނިންމައި، އަންނަ އަހަރު އަސާސީ ޚިދުމަތްތައް ގާއިމްކޮށް މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫތަކުގެ އަމަލީ މަސައްކަތް އެ ތަނުގައި ފަށާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔަވަހިކަމުގެ ދަތިކަން ހައްލު ކުރުމަށް ރަސްްމާލެ ހިތްކުމުގެ މަސައްކަތް ކުރިއަށް, ދިމާވި ތަފާތު ދަތިތަކާ އެކުވެސް ސަރުކާރުގެ އަމާޒަކީ މިއަހަރު ބިން ހިއްކުން ނިންމައި 2026 ވަނަ އަހަރުގައި އަސާސީ ޚިދުމަތްތައް ޤާއިމްކުރުމާއި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުން، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވި ގޮތުގައި، ރަސްމާލެ ހިއްކުމުގެ މަސައްކަތަށް އިތުރު ކުންފުނިތަކުން ޑްރެޖަރު ގެންނާނެއެވެ. އަދި އެއާއެކު އެ މަސައްކަތް ތިން ގުނަ ހަލުވިކުރެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

undefined

ރިޔާސީ ބަޔާން އިއްވެވުމަށް، މަޖިލީހަށް ރައީސްގެ ދެ ކަނބަލުން ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ވެސް ރައީސް ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ އިތުރު މުހިންމު މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ގުޅީފަޅަކީ މާލޭގެ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ ރަށެއް ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެތަނުގައި އިތުރު 85 ހެކްޓަރުގެ ބިން ހިއްކުމަށް ބޭނުންވާ ފައިސާއާއި އެ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އަދި އެ މަސައްކަތް މާލަސްތަކެއް ނުވެ ފެށޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ގުޅިފަޅަކީ މާލޭގެ އެތައް ރައްޔިތުންނެއްގެ އުއްމީދާ ގުޅިފައިވާ ރަށެއް. އެތަނުގައި އިތުރު 85 ހެކްޓަރު ހިއްކުމަށް ފައިސާއާއި ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް. ހަމަ އެއާއެކު އެ ތަނުގައި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމާއި މަގު ހެދުމަށް މިހާރު ވާނީ ކޮންޓްރެކްޓަރަކާޙަވާލު ކުރެވިފާ. މާތްاللهގެ ވާގިފުޅާއެކު މާލަސްތަކެއް ނުވެ، އޭގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް އެފަދައިން ވިދާޅުވިއިރު، "ރަސްމާލެ" މަޝްރޫޢަކީ، ރައީސް މުޢިއްޒުގެ އެންމެ އުއްމީދީ އަދި މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫޢުއެވެ. ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ މިމަޝްރޫޢު ހިއްކަނީ އެކި ސަރަޙައްދުތައް، އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ. މިގޮތުން 12 ސަރަޙައްދަކަށް ބަހާލައިގެން ހިއްކުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގައި މިހާތަނަށްވަނީ "އޭރިއާ ޖޭ"ގައި ހިމެނޭ 29 ހެކްޓަރު ހިއްކާ ނިންމާލާފައެވެ.

ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ. ރަސްމާލެ މަޝްރޫޢު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ، ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ)އާއި ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޖީ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖައާކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފިޚަބަރު | 13 ގަޑިއިރު ކުރިންތުރުކީން ހަދިޔާކުރި މަނަވަރަކީ، ދެ ގައުމުގެ ދެމެދު އޮތް ވަރުގަދަގުޅުން ދައްކުވައިދޭ ރަމްޒެއް: ރައީސްޚަބަރު | 18 ގަޑިއިރު ކުރިންރަސްމާލެ ހިއްކުމުގެ މަސައްކަތް ނުހުއްޓޭ، މިހާތަނަށް 129 ހެކްޓަރު ހިއްކައިފި ޚަބަރު | 19 ގަޑިއިރު ކުރިންތުރުކީން ހަދިޔާކުރި މަނަވަރު ޤައުމީ ދިފާޢީ ބާރާއި ރަސްމީކޮށް ހަވާލުކޮށްފިޚަބަރު | 2 ދުވަސް ކުރިން