logo
ރިޕޯޓް

ރިޔާސީ ބަޔާން 2025 - ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން: ދުވަހަކުވެސް ފަރުވާކުޑަކޮށްނުލާނެ ޤައުމީ ވާޖިބެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ފެބްރުއަރީ 2025 - 13:48
ރިޔާސީ ބަޔާން: ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން: ފަރުވާކުޑަކޮށްނުލާނެ ޤައުމީ ވާޖިބެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އިއްވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ޤައުމުގެ ސަލާމަތީ ބާރުތަކުގެ ޤާބިލުކަން އިތުރުކޮށް، ޤައިމުގެ ސަލާމަތާއި މިނިވަންކަން ދެމެހެއްޓުމަށް ވޭތުވި އަހަރު ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކާއި، މިއަހަރަށް ކުރަން ކަނޑައަޅާފައިވާ މަސައްކަތްޕުޅުތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

މި ބަޔާނުގައި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ދުވަހަކުވެސް ފަރުވާކުޑަކޮށްނުލާނެ ޤައުމީ ވާޖިބެއްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައުލޫ ފައްޓަވަމުން އެމަނިކުފާނު ގެންނަވާފައި ވަނީ އަންނިވި އިބާރާތްކޮޅެވެ.

''ވެރިކަމާ ހަވާލުވެ ޤައުމާ މުޚާޠަބުކުރި ފުރަތަމަ ދުވަހު، ވީ އެންމެ ބޮޑު ވަޢުދަކީ، ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށްދޭނެކަމުގެ ވަޢުދު. މި ލޮބުވެތި ޤައުމުގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދިނުމަކީ އަޅުގަނޑުގެ ޢަޒުމް. އެއީ އަޅުގަނޑުގެ އަމިއްލަ ނަފުސުގެ މައްޗަށް އަޅުގަނޑު ލާޒިމުކުރާ، ދުވަހަކު ވެސް ފަރުވާކުޑަކޮށްނުލާނެ ޤައުމީ ވާޖިބެއް.  އެހެންކަމުން ކަނޑާ އެއްގަމާ ވައިގެ ގޮތުން ވެސް އަމިއްލަ ޤައުމު އަމިއްލައަށް ދިފާޢުކުރެވޭނެވަރުގެ ޤާބިލުކަން އުފައްދަން މި ސަރުކާރުން މަސައްކަތްކުރާނެ.'' ރައީސް ޑރ.މުޢިއްޒު

ރައީސްގެ މި ރިޔާސީ ބަޔާނުގައި ސަރުކާރުން މި ދާއިރާއަށް ގެނެސްފައިވާ އަދި ގެންނަން ރާވާފައިވާ ތަރައްޤީތަކާއި ކުރިއެރުންތަކުގެ ތަފްޞީލު ހިމަނުއްވާފައިވެއެވެ. މިކަންކަމުގެ މައްޗަށް ޚުލާސާކޮށް ބަލާލާއިރު،

ކޯސްޓްގާޑުގެ ޚިދުމަތް ފުޅާކުރުން

ރައީސް ވިދާޅުވިގޮތުގައި، އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ޚިދުމަތް ދެގުނަ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެ ތެރޭގައި:

• ކޯސްޓްގާޑަށް ބޭނުންވާ އުޅަނދުފަހަރު ހޯދުމުގެ މަސައްކަތް ކުރިއަށްދާކަން

• އިތުރު މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަން

• 3 ނޮވެންބަރު 2024 ގައި 'ސްޕެޝަލް ބޯޓް ސްކޮޑްރަން' އުފައްދައި ޚިދުމަތަށް ނެރެފައިވާކަން

ވައިގެ ދިފާޢު ހަރުދަނާކުރުން

ޤައުމުގެ ވައިގެ ދިފާޢު ހަރުދަނާކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި:

• 15 މާރިޗު 2024 ގައި އެމް.އެން.ޑީ.އެފް އެއަރ ކޯ އުފެއްދުން

• އަންމޭންޑް އޭރިއަލް ވެހިކަލްތަކުގެ ޚިދުމަތް ފެށުން

• ރާއްޖޭގެ އުތުރާއި ދެކުނުގައި އެއަރ ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތް ފެށުން

އެހެނިހެން ތަރައްޤީތައް

• އެމް.އެން.ޑީ.އެފްގެ މެރީން ކޯގެ ކެޕޭސިޓީ އިތުރުކުރުން

• ގިރިފުށީ ޓްރެއިނިންގ މަރުކަޒުގެ ޖާގައާއި ވަސީލަތްތައް އިތުރުކުރުން

• ފަޔަރ އެންޑް ރެސްކިއުގެ ވަސީލަތްތައް އިތުރުކުރުން

ފުލުހުންގެ ޚިދުމަތް ފުޅާކުރުން

• 17 ނޮވެންބަރު 2023 އިން ފެށިގެން 27 ރަށުގައި ޕޮލިސް ސްޓޭޝަން ހުޅުވުން

• މިއަހަރު ނިމޭއިރު ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުން

• 20 ރަށެއްގައި ދާއިމީ ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް ފެށުން

މަސްތުވާތަކެއްޗާއި ގޭންގު ހަރަކާތްތަކާ ދެކޮޅަށް

• ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންސާނީ އަދި އެހެނިހެން ވަސީލަތްތައް އިތުރުކުރުން

ރައީސްގެ މި ބަޔާނުން އެނގެނީ، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރުން ދެއްވާ އިސްކަމާއި، މި ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކެވެ. މި ހުރިހާ ފިޔަވަޅުތަކަކީވެސް ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް މުހިންމު ބޭނުންތެރިކަންކަމާމެދު ޝައްކެތްނެތެވެ.

                   

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްޠީނު މައްސަލަ ހައްލުކުރުމަށް އދގެ އާންމު މަޖިލީހުން ފާސްކުރި ގަރާރަށް ރާއްޖެއިން ތާއީދުކުރާކަމަށް ރައީސް ވިދާޅުވެއްޖެ ޚަބަރު | 12 ގަޑިއިރު ކުރިންޤައުމީ ތަރިކަ ކުރިއަށް އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ޤައުމީ އަމާނާތެއް: ރައީސްޚަބަރު | ދުވަހެއް ކުރިންރައީސްގެ ނިންމެވުމުގެ ސަބަބުން، އަދުލުއިންސާފު ގާއިމުކުރުމަށް އިތުރު ހަލުވިކަމެއް އަންނާނެ: ސުޕްރީމް ކޯޓުޚަބަރު | ދުވަހެއް ކުރިންރައީސް، ފްރާންސްގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފިޚަބަރު | 2 ދުވަސް ކުރިން