logo
Bank of Maldives

Bank of Maldives

ޚަބަރު

ކުދި ވިޔަފާރިތައް ކުރިއެރުވުމުގެ ބައެއް ކަންކަން އަންނަ މަހު ތަންފީޒުކުރަނީ

އައިޝަތު ނަޝާ
28 ޑިސެމްބަރު 2025 - 06:44
ރައީސް މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ކުދި ވިޔަފާރިތައް ކުރިއެރުވުމާއި ގުޅޭ ބައެއް ކަންކަން ޖަނަވަރީ 1އިން ފެށިގެން ތަންފީޒުކުރަން ފަށަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކޮށްފައިވަނީ މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. މި މަސައްކަތްތައް ހަރުދަނާކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް އޮޅުން ފިލުވުމަށް، މިމަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބައްދަލުކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވެވަފައިވާއިރު ވިޔަފާރިތަކުން ވަނީ ރާއްޖޭގެ މާހައުލުގައި ވިޔަފާރި ކުރުމުގައި އިދާރީ ގޮތުން ހުރި ގޮންޖެހުންތަކާއި ވިޔަފާރި ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ހިއްސާ ކޮށްދެއްވާފައެވެ.

 



ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ބަދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރެއްވި ކަންކަމުގެ އަލީގައި އެ ދާއިރާ ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމާއި ސަރުކާރުން އެ ދާއިރާއާއި ގުޅޭގޮތުން ކުރިޔަށް ގެންދާ އެކިކަންކަމުގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައި ބުދަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކުރެވި ގިނަ ނިންމުންތަކެއް ނިންމިފައިވާކަމަށެވެ.

އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އިޢުލާނު ކުރި ކަންކަމުގެ އިތުރުން، ކުރިޔަށް އޮތް 2 އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ 2 އަހަރު ގޮތުގައި ކަނޑައަޅާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފިޔަވަޅުތައް ޖަނަވަރީ 1އިން ފެށިގެން ތަންފީޒު ކުރަން ފަށާނެ ކަމަށެވެ. އަދި މިފިޔަވަޅުތަކުގެ ތަފްސީލް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކުން ހާމަކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި، ވިޔަފާރިތަކުން ހުށަހެޅި ބައެއް ކަންބޮޑުވުންތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަނުގައި ހައްލު ހޯއްދަވައި ދެއްވަން ނިންމާފައެވެ. އެގޮތުން ގެންނަން ނިންމި އެއް ބަދަލަކީ، ރާއްޖެ އެތެރެ ކުރާ މުދަލަށް ޑެމެރޭޖް ނާރާ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލު ކުރުމަށް ނިންމި ނިންމުމެވެ. އަދި މުދާ ކްލިއަރ ކުރުމުގެ މަސައްކަތް 24 ގަޑިއިރު ދޭ ގޮތަށް އިންތިޒާމުތައް ހަމަޖެއްސެވުމަށް އެމަނިކުފާނު ނިންމެވިއެވެ. މި ނިންމުން މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ކަމާއި ގުޅުން ހުރި އިދާރާތަކުން މިހާރު ވަނީ ތަންފީޒު ކުރަން މިހާރު ވަނީ ތަންފީޒު ކުރަން ފަށާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުދި ވިޔަފާރިތައް ކުރިއެރުވުމުގެ ބައެއް ކަންކަން އަންނަ މަހު ތަންފީޒުކުރަނީޚަބަރު | 2 ގަޑިއިރު ކުރިންރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެހްފިޚަބަރު | 20 ގަޑިއިރު ކުރިންދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީޚަބަރު | ދުވަހެއް ކުރިންހެޔޮނިޔަތާއި ޢަމަލުން އެއްބައި ވަންތަ ޤައުމެއް ބިނާކުރުމުގެ ޢަޒުމްގައިރިޕޯޓް | 2 ދުވަސް ކުރިން