logo
MPL

MPL

ޚަބަރު

ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީ

އިސްމާޢިލް ރާތިޢު
27 ޑިސެމްބަރު 2025 - 05:16
ރައީސް މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

އެކި ދާއިރާތަކުން ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫއެއް ފެށުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ސްޕީޗް ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި ބިހޭވިއަ ތެރަޕިސްޓުންގެ އިތުރުން ސައިކޯ ތެރަޕިސްޓުން ހިމެނޭހެން މި މަޝްރޫއުގެ ދަށުން 250 ތެރަޕިސްޓުން ތަމްރީނުކުރުމަށް ހަމަޖެހިފައިވާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިފަދަ ތެރަޕީއަކީ ނުހަނު މުހިންމު އެއްޗަކަށް ވީނަމަވެސް، ވަކީން ހާއްސަކޮށް އަތޮޅުތެރޭގެ ރަށްތަކުން މިފަދަ ހިދުމަތްތައް ލިބެން ނުހުންނަކަން ފާހަގަކުރެވެއެވެ.

މިފަދަ މުހިންމު ހިދުމަތްތައް ރާއްޖޭގައި ފޯރުކޮށްދިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިންސާނީ ވަސީލަތްތައް މަދުވުމެވެ. އެހެންކަމުން ސަރުކާރުން އަންނަނީ މިކަން ހައްލުކޮށް، އަތޮޅުތެރެއަށްވެސް މި ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންނެވެ. އެގޮތުން ފާއިތުވި ދެ އަހަރުެރޭވެސް މިފަދަ ހިދުމަތްތައް އަތޮޅުތެރޭގައި ފަށާފައިވާކަން ފާހަގަކުރެވެއެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރަޕީއަށް މިދިޔަ މަހު އެކަނިވެސް 12.4 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އެގޮތުން، 18 އަހަރުން ދަށުގެ 342 ކުއްޖަކަށް ތެރއަޕިއުޓިކް ފަރުވާދިނުމަށް އެހީވެފައިވާއިރު، 18 އަހަރާއި 64 އަހަރާ ދެމެދުގެ 17 މީހަކަށް ފަރުވާދިނުމަށް އެންސްޕާއިން އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

ތެރަޕީގެ ވަކި ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ 3.5 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ބިހޭވިއަރ ތެރަޕީގެ ހިދުމަތެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 19 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | 2 ދުވަސް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | 2 ދުވަސް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން