logo
Bank of Maldives

Bank of Maldives

ރިޕޯޓް

ރިޔާސީ ބަޔާން 2025 - ޣާޒާއިން މީހުން ބާލަން ދުވަހަކު ވެސް ތާއީދެއް ނުކުރާނެ

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ފެބްރުއަރީ 2025 - 14:05
ރިޔާސީ ބަޔާން - ޣާޒާއިން މީހުން ބާލަން ދުވަހަކު ވެސް ތާއީދެއް ނުކުރާނެ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިއްޔެ ދެއްވި ރިޔާސީ ބަޔާނުގައި ޣާޒާއިން ފަލަސްތީނު ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާ އެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދު ނުކުރާނެކަމަށް ވަރަށް ހަރުކަށި އިބާރާތުން ވަނީ ވިދާޅުވެފައެވެ. ޝައްކެތްވެސް ނެތް ގޮތުގައި މިއީ މުޅި ދިވެހި ޤައުމުގެ ވިންދެވެ. ޤައުމުގެ ގޮވުމެވެ.

ކާބަފައިން ހަވާލުކުރި އެންމެ ދުވަސްވީ އަމާނާތަކީ ދިވެހި ދައުލަތުގެ ސިޔާދަތު

Ad by Hajj Corporation

Ad by Hajj Corporation

ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި އެއްކަމަކީ، ދިވެހިރާއްޖޭގެ އެތައް ހާސް އަހަރެއްވީ ޤައުމީ ހަޔާތުގައި ދިވެހި ކާބަފައިން އަޅުގަނޑުމެންނާ ހަވާލުކުރި އެންމެ ދުވަސްވީ އަމާނާތަކީ ދިވެހި ދައުލަތުގެ ސިޔާދަތު ކަމެވެ. އެއީ ދިވެހީންގެ ކަންކަން ދިވެހީންގެ މަޞްލަޙަތާއި ސަލާމަތަށް ޓަކައި ދިވެހީން އަމިއްލައަށް ނިންމުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނަންވާނީ މިނިވަންކަމަށް ބުރޫ ނާރާނޭހެން

މީގެ އިތުރުން ރައީސް ފާހަގަކުރަށްވާފައިވާ ގޮތުގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނަންވާނީ ދިވެހި ދައުލަތުގެ ސިޔާދަތީ މިނިވަންކަމަށް ބުރޫ ނާރާނޭހެންނެވެ. އަދި ރާއްޖޭގެ އިޚްތިޔާރުގައި، ރާއްޖެއަށް ކުރިއެރުން ލިބޭ ހުރިހާ ޤައުމަކާ ގުޅުން ބަދަހިކުރެވެންވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެ އަބަދުވެސް އިސްކުރާނީ އަމާންކަން ކަމަށާއި، އެހެން ޤައުމުތަކުގެ ބިންތައް ހިފައިގަތުމާއި، ފުރާނަޔަށް ގެއްލުންދިނުމާއި، އިންސާނީ ކަރާމާތަށް އަރައިގަތުން ފަދަ ޖަރީމާތައް ދިވެހި ރާއްޖެ އެއްގޮތަކަށްވެސް ބަލައެއް ނުގަންނާނެ ކަމަށެވެ.

ޣާޒާއިން މީހުން ބާލަން ދުވަހަކު ވެސް ތާއީދެއް ނުކުރާނެ

ފަލަސްތީނުގެ މައްސަލައާ ގުޅޭގޮތުން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ އެޕްލިކޭޝަނަށް ރާއްޖެއިން ތަދައްޚުލުވުމަށް ނިންމައި، ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ހުށަހެޅުން ހިމެނެއެވެ. އަދި ޣާޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމާ ގުޅޭ އ.ދ.ގެ ޤަރާރު ކޯ-ސްޕޮންސަރ ކުރުންވެސް ހިމެނެއެވެ. 

ރައީސް ވަރަށް ސާފުކޮށް ވިދާޅުވީ، ޣާޒާގެ ބިމަކީ ފަލަސްތީން ރައްޔިތުންގެ މިލްކެއް ކަމަށާއި، ޣާޒާއިން ފަލަސްތީން ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާ އެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެ ކަމަށެވެ. އަދި 1967ގެ ކުރީގެ ބޯޑަރުތަކަށް ތަބާވެ، އިރުމަތީ ޖެރޫސަލަމްއަކީ ފަލަސްތީންގެ ވެރިރަށްކަމުގައި ޤަބޫލްކޮށް، ފަލަސްތީންގެ ވަކި ދައުލަތެއް އުފެއްދުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ވަކި ދައުލަތެއް ޤާއިމްކުރުމަށް ފަލަސްތީން ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަޤީޤަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްތީންގެ ރައްޔިތުންނަށް މި ސަރުކާރުން އަބަދުވެސް ދޭނެ ކަމަށެވެ.

މި ބަޔާނުން އެނގިގެންދަނީ، ދިވެހިރާއްޖެއިން ފަލަސްތީނުގެ މައްސަލައިގައި ވަރަށް ސާފު އަދި ހަރުދަނާ މައުޤިފެއް ގެންގުޅޭކަމެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ފަލަސްތީނުގެ ޙައްޤުތަކަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އިސް ދައުރެއް އަދާކުރަމުންދާކަމެވެ. ރާއްޖޭގެ މި ސިޔާސަތަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސްތަކާ އެއްގޮތަށް، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ހިނިވަންކަން ހިމާޔަތްކުރުމާއެކު، ބައިނަލްއަޤްވާމީ ޞުލްޙައާއި އަމާންކަމަށް މަގުފަހިކުރުމަށް އަމާޒުކުރެވިފައިވާ ސިޔާސަތެއްކަން ފާހަގަކުރެވެއެވެ.

                     

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤަޠަރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް، ރައީސް ޑރ. މުޢިއްޒުއާ ބައްދަލުކުރައްވައިފިޚަބަރު | ގަޑިއިރެއް ކުރިންރައީސް ދެއްވީ، ސޮއިކުރި މަޝްރޫޢުތަކާ ހަވާލުވި ކުންފުނިތަކަށް ގަވައިދުން ފައިސާ ލިބޭނެކަމުގެ ޔަގީންކަންޚަބަރު | 5 ގަޑިއިރު ކުރިންބަނގުރޫޓު ކޮށްލަން ޑިޒައިންކޮށްފަ އޮތް އިގްތިސާދު ކޮޅަށް ޖަހައި، ޕްރައިވެޓް ސެކްޓަރގެ އިތުބާރު ހޯދިއްޖެ: ރައީސްޚަބަރު | 6 ގަޑިއިރު ކުރިންމިއީ ރެކޯޑެއް: އެއް ދުވަސް ތެރޭ 206 މަޝްރޫޢެއް އަމިއްލަ ކުންފުނިތަކަށް، ހުރިހާ ފައިދާއެއް ދިވެހިންނަށްޚަބަރު | 6 ގަޑިއިރު ކުރިން