logoEN
ޚަބަރު

އީއެމްޖީއެސްގެ ދަށުން ހެޔޮއަގުގައި މެލޭޝިޔާގެ ޔުނިވާސިޓީތަކުން ކިޔެވުމުގެ ފުރުޞަތު!

އާމިނަތު ސަފާއާމިނަތު ސަފާ

11 ފެބްރުއަރީ 2025 - 04:29

އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް) އަދި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް، ތަރައްޤީކުރުމާއި ބެހޭ ވުޒާރާއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދިވެހި ދަރިވަރުންނަށް ހެޔޮއަގުގައި މެލޭޝިޔާ އިން މަތީ ތަޢުލީމު ހާޞިލުކުރުމުގެ 556 ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

އީއެމްޖީއެސް ޑިސްކައުންޓް ސްކީމްގެ ދަށުން، ދިވެހި ދަރިވަރުންނަށް ތަފާތު އެކި ކޯސްތަކުން %5 އާއި %100ގެ ޑިސްކައުންޓެއް ލިބިގެންދާއިރު، މި ސްކީމްގައި، ފައުންޑޭޝަން ލެވެލް އިން ފެށިގެން ޕީއެޗްޑީއާއި ހަމައަށް މެލޭޝިޔާގެ 14 ޔުނިވާސިޓީއެއްގައި ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މި ޑިސްކައުންޓް ސްކީމްގައި ބައިވެރިވުމަށް ބޭނުންވާ "އެންޑޯޒްމަންޓް ލެޓަރ" ހޯދުމަށް މިނިސްޓްރީއަށް ހުށަހަޅާނީ މައި-އެޑިޔު ޕޯޓަލް މެދުވެރިކޮށެވެ. (https://myedu.egov.mv/)

އެންޑޯޒްމަންޓް ލެޓަރ ހޯދުމަށް ބޭނުންވާ ލިޔެކިޔުން؛

1. ލިބިފައިވާ އެންމެ މަތި ތަޢުލީމުގެ ކޮޕީ

2. މުއްދަތު ހަމަނުވާ ޕާސްޕޯޓް އަދި ޑޭޓާ ޕޭޖްގެ ކޮޕީ

3. މި ޑިސްކައުންޓް ބޭނުން ކޮއްގެން ކިޔަވަން ވަނުމަށް ޔުނިވާސިޓީ އިން ދޫކޮއްފައިވާ ޕްލޭސްމަންތް ލެޓަރ

4. ޑިސްކައުންޓް ލިބިގެން ކިޔަވާ ޕްރޮގްރާމް ފުރިހަމަކޮށްގެން ލިބޭ ސަނަދު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ވެލިޑޭޓްކުރާނެކަން ދޭހަކުރުމަށް އެ އޮތޯރިޓިން ދޫކުރާ، ރިކޮގްނިޝަން އޮފް އިންޓެންޑެޑް ޕްރޮގްރާމްސް ލެޓަރ.

5. މި މިނިސްޓްރީން ލޯން ދިނުމަށް ހޮވިފައި، ލޯނު އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާ ދަރިވަރަކު ޑިސްކައުންޓަށް އެދޭ ނަމަ، އެ ދަރިވަރަކަށް މިނިސްޓްރީން ދޫކޮށްފައިވާ ސްޕޮންސަރ ލެޓަރ.

6. މި މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ދަރިވަރަކު މި ޑިސްކައުންޓަށް އެދި ހުށަހަޅާނަމަ، ކުރިން ނެގި ލޯނުގެ ޑީފޯލްޓެއް ނޯންނާނެކަމާއި، ޑިސްކައުންޓް ލިބިގެން ކިޔަވާ މުއްދަތުގައި ވެސް އެ ލޯނު ދައްކަމުން ގެންދާނެކަން ބަޔާންކޮށް ހުށަހަޅާ ދަރިވަރުގެ ލިޔުމެއް.

ތިރީގައި މިވާ 3 ޙާލަތުގެތެރެއިން ޙާލަތެއްގައިވާ ފަރާތްތައް ފިޔަވައި އެހެން ކޮންމެ ދިވެއްސަކުވެސް މި ޑިސްކައުންޓަށް އެދުމަށް ޝަރުޠުހަމަވާނެއެވެ.

1- ޑިސްކައުންޓް ލިބިގެން ފުރިހަމަކުރުމަށް އެދޭ ޕްރޮގްރާމާ އެއް ފެންވަރެއްގެ ނުވަތަ އެއަށްވުރެން މަތީ ފެންވަރެއްގެ ޕްރޮގްރާމެއް، ފުރިހަމަކޮށްފައިވުން ނުވަތަ ފުރިހަމަ ކުރަމުން ދިޔުން؛

2- މި މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން މަތީ ތައުލީމް ހާސިލްކުރުމަށް މާލީ އެހީ ލިބިފައިވާ ފަރާތެއްނަމަ އަބުރާ ދައްކަން ޖެހިފައިވާ ފައިސާ ޑީފޯލްޓެއްވެފައިވުން.

3- މި މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލިބެން ހަމަޖެހުނު ލޯނެއްގެ ފައިސާ ލިބެމުން ދިޔުން ނުވަތަ ސޮއިކޮށްފައިވާ ލޯނު އެއްބަސްވުމުގައި ފައިސާ ދޫކުރުމަށް ކަނޑައެޅިފައިވާ ތާވަލްގެ މުއްދަތުގެ ތެރޭގައި ވުން.

މި ސްކީމާއި ގުޅޭ އިތުރު މަޢުލުމާތު ހޯދުމަށް މިނިސްޓްރީގެ ފަރާތުން ޝާއިޢުކޮއްފައިވާ އިޢުލާނު (https://www.gazette.gov.mv/iulaan/315903) މެދުވެރިކޮށް ނުވަތަ [email protected] މެދުވެރިކޮށް ލިބޭނެއެވެ.

ކޮމެންޓް

871x217_placeholder