logoEN
ޚަބަރު

ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިންގެ ދަފުތަރެއް އެކުލަވާލަނީ

ވެލާނާ ބިލްޑިން-- ފޮޓޯ/ އަވަސް

ވެލާނާ ބިލްޑިން-- ފޮޓޯ/ އަވަސް

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު

10 ސެޕްޓެމްބަރު 2024 - 13:31

ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިންގެ ދަފަތަރެއް އެކުލަވާލައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނީ، މި ދަފްތަރަކީ ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނިކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކަށައަޅާފައިވާ ޚާއްސަ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އެކުލަވާލި ދަފްތަރެއް ކަމަށެވެ.

ޚިދުމަތުން ދުރަށް ދާންޖެހިފައިވާ ޚިދުމަތްތެރިނާއި ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ އުޞޫލެއް އެކުލަވާލީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައެވެ.

މި އުސޫލުގަިއވާ ގޮތުން ވަޒީފާއަށް އައްޔަންކުރެވޭނީ ސިވިލް ސާރވިސް ގާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތު ފުރިހަމަވާ މީހުންނެވެ. އެގޮރތުން ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ވަޒީފާއިން މުސްކުޅިކޮށްފައިވާ ފަރާތަކަށް ނުވުމާއި، އުމުރުން 60 އަހަރަށްވުރެ ދޮށީ މީހަކަށް ނުވުން މި އުސޫލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވަޒީފާ ފަހިކޮށްދެވޭނީ، ސިވިލް ސާރވިސްގެ ވަޒީފާތަކުގެ ތެރެއިން ލައިސަންސް/ރަޖިސްޓްރޭޝަން ދޫކުރާ، ފަންނުތަކުގައި ވަޒީފާ އަދާކޮށް އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދޫވެފައިވާ ފަރާތްތަކާއި، އެކި ފަންނުތަކުގެ މަސައްކަތްތެރިންގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ ދާއިމީ ވަޒޫފާއަށް ނިކުތުމަށް އިޒުރުވެރިވާ ފަރާތްތަކެއް ކަމަށް ބުނެފައިވެއެވެ.

ހަމައެހެންމެ، ސިވިލް ސާރވިސް ވަޒީފާތަކުގެ ތެރެއިން އެ ވަޒީފާގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ބާވަތަށް ރިއާޔަތްކުރާއިރު، އެ މަސްއޫލިއްޔަތަކީ އޮފީސް މާހައުލާ ދުރުވެފައިވާ ފަރާތްތަކާއި ދުރުގައި ހުރެގެންވެސް ނަތީޖާ ނެރެވެނިވި މަސައްކަތްތަކެއް ކުރެވިދާނެ ވަޒީފާ އަދާކޮސްފައިވާ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ މިފަދަ ވަޒީފާއަކަށް ދާއިމީކޮށް އުޒުރުވެރިވާ ފަރާތްތަކެއް ކަމަށްވެސް އުސޫލުގައި ފާހަގަކޮށްފައިވެއެވެ.

މި ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 08 ސެޕްޓެމްބަރ 2025 ވާ ދުވަހުގެ 14:00ގެ ނިޔަލަށެވެ.

މި ދަފްތަރާއި ގުޅޭ އިތުރު މަޢުލުމާތު ހޯއްދެވުމަށް ގުޅުއްވާނީ 3026930/3026951 އަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]އަށެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder