އެލެވެންސް އަކާ އެކު ނޭޝަނަލް ސެޓްފިކެޓެއް ހާސިލް ކުރުމުގެ ފުރުސަތު

ދަސްވެނިވުމުގެ ޖަލްސާ--ފޮޓޯ/އެޑިޝަން

08 އޮކްޓޯބަރު 2024 - 11:47
އެލެެވެންސް އަކާއެކު ނޭޝަނަލް ސެޓްފިކެޓެއް ހާސިލް ކުރުމުގެ ފުރުސަތުތަކެއް މަތީ ތަޢުލީމާއި، މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވުޒާރާއިން ފަހިކޮށްފިއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ، މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ޤައުމީފެންވަރުގައި ހުޅުވާލުމަށް ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން ހިންގާ ތަމްރީނުތަކުގައި ބައިވެރިވާނެ ފަރާތްތައް އިހްތިޔާރުކުރާނީ އެމްއެންއެސްޑީއޭގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ހުއްދަ އޮންނަ އިންސްޓިޓިއުޓަކުން އެތަމްރީނުތައް ލިބެންހުރި ދާއިރާތައް ޢާންމުކޮށް އިޢުލާނުކުރުމަށްފަހު، އެޕްލިކޭޝަން ފޯމުތައް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތު މާހައުލުގައި ތަމްރީނު ފުރިހަމަކުރުމަށް ބޭނުންވާ މުއްދަތުގައި ތިބެވޭނެ ފަރާތްތައް ބަލައިގެންނެވެ.
މި ޕްރޮގްރާމްގެ ދަށުން މިވަގުތު ކުރިޔަށް ދަނީ ނޭޝަނަލް ސެޓްފިކެޓް ލެވަލް 3 ގެ ތަމްރީނުތަކެވެ.ޕްރޮގްރާމްގައި ކިޔަވައިދޭނީ ހަމައެކަނި އެމް. އެން.އެސް.ޑީ.އޭގެ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރަށެވެ. އަދި މި ޕްރޮގްރާމް ކުރިަށް ދާނީ 6 މަސް ދުވަހުގެ މުއްދަތަކަށެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕްގެ ދަށުން ކުރިއަށް ގެންދާ ހުރިހާ ތަމްރީނު ޕްރޮގްރާމެއް ހިނގަމުންދާ މުއްދަތުގައި މޮނިޓަރކުރުމާއި، އެސެސްކުރުމާއި، ތަމްރީނުތައް ނިމުމުން ޤައުމީ ސަނަދު ދޫކުރާނީ އެމް.އެން.އެސް.ޑީ.އޭއިން ކަމަށް ވެސް އެ ވުޒާރާ އިން ބުނެފައިވެއެވެ.
އިތުރު ލިޔުންތައް

ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ޚިދުމަތްތެރިންގެ ދަފުތަރެއް އެކުލަވާލަނީ
7 މަސް ކުރިން
އަހަރުގެ މިހާތަނަށް 210 ޕްރޮގްރާމެއް އެމްކިއުއޭއިން އެކްރެޑިޓްކޮށްދީފި
7 މަސް ކުރިން.webp&w=3840&q=75)
ޒަކާތު ފަންޑުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު
4 މަސް ކުރިން