logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ޚަބަރު

އަހަރުގެ މިހާތަނަށް 210 ޕްރޮގްރާމެއް އެމްކިއުއޭއިން އެކްރެޑިޓްކޮށްދީފި

މަރިޔަމް ޔަނާ އަލީ
1 އޮކްޓޯބަރު 2024 - 14:12
އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ -- ފޮޓޯ/ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން
އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ -- ފޮޓޯ/ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން މި އަހަރުގެ މިހާތަނަށް، 210 ޕްރޮގްރާމެއް އެކްރެޑިޓްކޮށްދީފައިވާ ކަމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެމްކިއުއޭގެ މަސައްކަތްތަކާ ގުޅޭ ގޮތުން އެ ވުޒާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެމްކިއުއޭއިން އަންނަނީ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ކުރިޔަށް ގެންދިއުމަށް ހުށައަޅާ މަތީ ތައުލީމުގެ ޕްރޮގްރާމްތައް އެމްއެންކިއުއެފް( މޯލްޑިވްސް ކޮލިފިކޭޝަން ފްރޭމްވޯކް) އަށް ފެތޭތޯ ބަލައި، ފެތޭނަމަ އެކްރެޑިޓް ކޮށްދެމުންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މި އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން 227 ޕްރޮގްރާމެއް އެކްރެޑިޓް ކުރުމަށް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 210 ޕްރޮގްރާމެއް ވަނީ އެކްރެޑިޓް ކޮށްދީފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އަދި ބަކީ ހުރި 17 ޕްރޮގްރާމްގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖޭގެ ޔުނިވާސިޓީތަކަކީ ބޭރުގެ ދަރިވަރުން އައިސް ތައުލީމް އުނގެނޭނެ ފެންވަރުގެ ތަންތަނަށް ހެދުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެހެންކަމުން ރާއްޖޭގައި މަތީ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލުން އެކްރެޑިޓޭޝަން ހުއްދަ ނުހޯދާ ހިންގަމުންދާ ކޯސްތައް ބަލައެއް ނުގަންނާނަން: އެމްކިއުއޭޚަބަރު | 8 ގަޑިއިރު ކުރިންޑެޑްލައިނެއް ނުބާއްވާ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު މުޅި އަހަރަށް ހުޅުވާލަނީޚަބަރު | މަހެއް ކުރިންދަރިވަރުންނަށް ދިމާވާ މާލީ ގޮންޖެހުންތަކަށް، "ކުރި" ނިޒާމުން ހައްލު ހޯދައިދޭނެޚަބަރު | 2 މަސް ކުރިންމިދިޔަ އަހަރު 205 ދަރިވަރުންނަށް ސްކޮލަރޝިޕުގެ ފުރުޞަތުޚަބަރު | 3 މަސް ކުރިން