logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ޚަބަރު

އަލުން އެކްރެޑިޓޭޝަން ހުއްދަ ނުހޯދާ ހިންގަމުންދާ ކޯސްތައް ބަލައެއް ނުގަންނާނަން: އެމްކިއުއޭ

މަރިޔަމް މާޙީ
14 އޭޕްރީލު 2026 - 12:12
އަލުން އެކްރެޑިޓޭޝަން ހުއްދަ ނުހޯދާ ހިންގަމުންދާ ކޯސްތައް ބަލައެއް ނުގަންނާނަން: އެމްކިއުއޭ

ރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ކުރިން ހުއްދަ ހޯދައިގެން ހިންގަމުންދާ ޕްރޮގްރާމްތައް، އައު އުސޫލުގެ ދަށުން އަލުން އެކްރެޑިޓް ނުކުރާނަމަ އެ ޕްރޮގްރާމްތައް ބަލައިނުގަންނާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އިންޒާރު ދީފިއެވެ.

އެމްކިއުއޭ އިން މިއަދު ބުނީ، ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ "ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިން" ގެ ދަށުން، މީގެ ކުރިން އެޕްރޫވަލް ހޯދާފައިވާ ހުރިހާ ޕްރޮގްރާމްތަކަކަށް އަލުން އެކްރެޑިޓޭޝަން ހޯދަން ޖެހޭނެ ކަމަށެވެ. މިކަން މީގެ ކުރިން ދެ ފަހަރެއްގެ މަތިން އިޢުލާންކޮށް، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ މަރުކަޒުތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް، ބައެއް މަރުކަޒުތަކުން މިއަދާ ހަމައަށް ވެސް އައު ގައިޑްލައިންގެ ދަށުން އެކްރެޑިޓޭޝަން ހޯދުމަށް ހުށަހަޅާފައި ނުވާކަން އެމްކިއުއޭ އިން ފާހަގަކުރެ އެވެ. މިފަދަ މަރުކަޒުތަކާއެކު ބައްދަލުވުންތައް ބޭއްވުމަށް ކުރި މަސައްކަތުން ކާމިޔާބުވެފައިވަނީ މަދު މަރުކަޒަކާ ކަމަށާއި، ގާތްގަނޑަކަށް 30 އެއްހާ މަރުކަޒަކުން ވުޒާރާއަށް ދީފައިވާ ފޯނު ނަންބަރާއި އީމެއިލް މެދުވެރިކޮށް ވެސް ގުޅޭގޮތް ނުވެފައިވާ ކަމަށް އެމްކިއުއޭ އިން މަޢުލޫމާތު ދެއެވެ.

އަދި، އައު އެކްރެޑިޓޭޝަނާ ގުޅޭގޮތުން އެމްކިއުއޭއާ މުޢާމަލާތް ކުރެވިފައި ނުވާ މަރުކަޒުތަކުން 31 މެއި 2026 ވާ އާދިއްތަ ދުވަހުގެ ކުރިން accreditation@mqa.gov.mv އަށް އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ހިއްޞާކުރުމަށް ވަނީ އެދިފަ އެވެ.

ހުރިހާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ވެސް އެކްރެޑިޓޭޝަން ނުހޯދާ ހުރި ޕްރޮގްރާމްތަކަށް 22 އޮކްޓޯބަރ 2027 ގެ ކުރިން އެކްރެޑިޓޭޝަން ހޯދުމަށް އެމްކިއުއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެ ތާރީޚުގެ ފަހުން އެކްރެޑިޓޭޝަން ނެތް ޕްރޮގްރާމްތައް ބާޠިލުވާނެ ކަމަށް އެ އޮތޯރިޓީން ތަކުރާރުކޮށް ހަނދާންކޮށްދީފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލުން އެކްރެޑިޓޭޝަން ހުއްދަ ނުހޯދާ ހިންގަމުންދާ ކޯސްތައް ބަލައެއް ނުގަންނާނަން: އެމްކިއުއޭޚަބަރު | 4 ގަޑިއިރު ކުރިންއައުޓްރީޗް ސެންޓަރުގެ ގޮތުގައި ރަޖިސްޓްރީ ނުކޮށް ކައުންސިލުތަކާ ގުޅިގެން ކޯސްތަކެއް ނުހިންގޭނެ: އެމްކިޔުއޭޚަބަރު | 6 މަސް ކުރިންއަހަރުގެ މިހާތަނަށް 210 ޕްރޮގްރާމެއް އެމްކިއުއޭއިން އެކްރެޑިޓްކޮށްދީފިޚަބަރު | 2 އަހަރު ކުރިންޕީއެޗްޑީގެ މައްސަލަ އިސްތިއުނާފުކުރަން އެމްކިއުއޭއިން ސުޕްރީމު ކޯޓަށްޚަބަރު | 2 އަހަރު ކުރިން