logo
Bank of Maldives

Bank of Maldives

ޚަބަރު

އައުޓްރީޗް ސެންޓަރުގެ ގޮތުގައި ރަޖިސްޓްރީ ނުކޮށް ކައުންސިލުތަކާ ގުޅިގެން ކޯސްތަކެއް ނުހިންގޭނެ: އެމްކިޔުއޭ

އައިޝަތު ނަޝާ
1 އޮކްޓޯބަރު 2025 - 11:30
އައުޓްރީޗް ސެންޓަރުގެ ގޮތުގައި ރަޖިސްޓްރީ ނުކޮށް ކައުންސިލުތަކާ ގުޅިގެން ކޯސްތަކެއް ނުހިންގޭނެ: އެމްކިޔުއޭ

އައުޓްރީޗް ސެންޓަރުގެ ގޮތުގައި ރަޖިސްޓްރީ ނުކޮށް ރަށު ކައުންސިލުތަކާ ގުޅިގެން އެމްކިޔުއޭއިން އެކްރެޑިޓޭޝަން ދީފައިވާ ކޯސްތައް ނުހިންގޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް ގައި އައުޓް ރީޗް ސެންޓަރ، ރަޖިސްޓަރީނުކޮށް އެމް.ކިއު.އޭ އިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ކުރިއަށްގެންދާކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތަށް "ހުއްދަ ނުހޯދާ ކުރިއަށްގެންދާ ޕްރޮގްރާމްތަކަށް މަރުކަޒުތަކުން ދޫކުރަމުން އަންނަ ސަނަދުތަކަކީ އެ އޮތޯރިޓީއަށް ބަލައިގަނެވޭނެ ސަނަދުތަކެއް ނޫންކަމުގައި ދަންނަވަމެވެ. އަދި މިކަމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް އިއާދަނުކުރެވޭ ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެއް" ކަމުގައި ދަންނަވަމެވެ.

ކައުންސިލްތަކުން، މަތީ ތަޢުލީމުދޭ މަރުކަޒަކާ ގުޅިގެން ޕްރޮގްރާމެއް ހިންގަނީ ނަމަ އެ މަރުކަޒެއްގެ އައުޓް ރީޗް ސެންޓަރ އަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް ގައި ރަޖިސްޓަރީ ކުރެވި އެ ރަށެއްގައި ހިންގުމުގެ ހުއްދަ ދީފައިވާ އަދި އެރަށެއްގެ އައުޓް ރީޗް ސެންޓަރގައި އެމްކިއުއޭ އިން އެ ޕްރޮގްރާމެއް ހިންގުމުގެ ހުއްދަ ދީފައިވާ ޕްރޮގްރާމެއްކަން ކަށަވަރުކުރުމަކީ މުހިންމު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ހިންގާ ކޯސްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި ތައުލީމުގެ ފެންވަރު ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް އެމްކިޔުއޭއިން އަންނަނީ ކުރަމުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައުޓްރީޗް ސެންޓަރުގެ ގޮތުގައި ރަޖިސްޓްރީ ނުކޮށް ކައުންސިލުތަކާ ގުޅިގެން ކޯސްތަކެއް ނުހިންގޭނެ: އެމްކިޔުއޭޚަބަރު | 22 ދުވަސް ކުރިންއަހަރުގެ މިހާތަނަށް 210 ޕްރޮގްރާމެއް އެމްކިއުއޭއިން އެކްރެޑިޓްކޮށްދީފިޚަބަރު | އަހަރެއް ކުރިންޕީއެޗްޑީގެ މައްސަލަ އިސްތިއުނާފުކުރަން އެމްކިއުއޭއިން ސުޕްރީމު ކޯޓަށްޚަބަރު | އަހަރެއް ކުރިންކޯސްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފިޚަބަރު | އަހަރެއް ކުރިން