logoEN
ޚަބަރު

މަތީ ތަޢުލީމާއި ގުޅޭ ޤަވާޢިދުތަށް އިސްލާހުކުރުމަށް ޔުނެސްކޯ އާއެކު ބައްދަލުވުމެއް

ޔުނެސްކޯ އާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ބެހޭ ވުޒާރާ ބައްދަލުވުމުގެތެރެއިން--ފޮޓޯ: ސަރުކާރު

ޔުނެސްކޯ އާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ބެހޭ ވުޒާރާ ބައްދަލުވުމުގެތެރެއިން--ފޮޓޯ: ސަރުކާރު

"ޔުނެސްކޯ ނޭޝަނަލް އެސެސްމަންޓް އޮން ދަ ޓޯކްޔޯ އެންޑް ގްލޯބަލް ކޮންވެންޝަން" ގެ ނަމުގައި ޔުނެސްކޯ އަދި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ބެހޭ ވުޒާރާ އިން ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ.

މި ބައްދަލުވުމަކީ ޖަޕާނުގެ ޓޯކްޔޯ އަދި ދުނިޔޭގެ އެކި ޤައުމުތަކުގެ ނޭޝަނަލް އެސެސްމަންޓާއި މަތީ ތަޢުލީމާއި ގުޅޭ ޤަވާޢިދުތަށް އިސްލާހުކުރުމަށް އަމާޒުކޮށް ބޭއްވުނު މަޝްވަރާ ބައްދަލުވުމެކެވެ. އެގޮތުން، މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ)ގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދުގެ އިތުރުން އެ އިދާރާގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައި ދިވެހިރާއްޖޭގެ ނޭޝަނަލް އެސެސްމަންޓާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވައިފައެވެ.

"ޔުނެސްކޯ ނޭޝަނަލް އެސެސްމަންޓް އޮން ދަ ޓޯކްޔޯ އެންޑް ގްލޯބަލް ކޮންވެންޝަން"ގެ ދަށުން މިފަދަ އިތުރު 3 ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ކުރިއަށްއޮތް ބައްދަލުވުމުގައި، މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)އާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އަދި އެހެނިހެން މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒުތަކާއި ޔުނެސްކޯގެ އިސްބޭފުޅުން ބައްދަލުކުރައްވާނެއެވެ.

ކޮމެންޓް

871x217_placeholder