ރައީސުލްޖުމްހޫރިއްޔާ ގުއާޓްމާލާގެ ސަރުކާރަށާއި، ރައްޔިތުންނަށް ތައުޒިޔާ ފޮނުވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

11 ފެބްރުއަރީ 2025 - 10:33
ގުއާޓްމާލާގައި އިއްޔެ ހިނގި ބަސް އެކްސިޑެންޓްގައި ނިޔާވި ފަރާތްތަކުގެ އާއިލާތަކަށާއި ، އެ ގައުމުގެ ސަރުކާރަށް ހަމްދަރުދީގެ މެސެޖެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވަވައިފިއެވެ.
އެ ޤައުމުގެ ރައީސް، ސެސަރ ބަރނާޑޯ އަރޭވަލޯ ޑެ ލެއޯންއަށް، ރައީސް ކުރެއްވި މެސެޖުގައި ވިދާޅުވީ ގުއަޓެމާލާގެ ވެރިކަންކުރާ ގުއާޓެމާލާ ސިޓީގެ ރަށްބޭރު ހައިވޭ ބުރިޖުން ދަތުރު ކުރަމުން ދިޔަ ބަހެއް ވެއްޓި ހިނގި ހިތާމަވެރި ހާދިޘާގައި މި ދުނިޔެއާ ވަކިވެ ދިޔަ މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ވިދާޅުވާކަމަށެވެ.
މީގެއިތުރުން ، މި ހާދިސާއާ ގުޅިގެން ގުއަޓެމާލާގައި ޤައުމީ ހިތާމައިގެ ތިން ދުވަސް އިޢުލާންކޮށްފައި ވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ގުއަޓެމާލާގެ ސަރުކާރަށާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވާފައެވެ.
އިއްޔެ ގުއާޓަމާލާގައި ހިނގި މި ހިތާމަވެރި ހާދިސާގައި 51 މިީހަކު ވަނީ މަރުވެފައެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
7 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
7 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
7 މަސް ކުރިން