logo
E-Platinum
ޚަބަރު

ދައުލަތުގެ އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

އަޙްމަދު ޒަލީފް
11 ފެބްރުއަރީ 2025 - 15:01
ދައުލަތުގެ އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މިދިޔަމަހު މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީ، މީރާއަށް 3.34 ބިލިޔަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން ހާމަކުރައްވައިފިއެވެ.

މީރާއިން މަޢުލޫމާތު ދޭ ގޮތުގައި މިދިޔަ މަހަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ 5 އިންސައްތަ އިތުރުވެފައިވާ މައިގަނޑު އެއް ސަބަބަކީ ގްރީން ޓެކުހާއި ވަރކް ޕަރމިޓް ފީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އަދި ކޯޕަރޭޓް އިންކަމް ޓެކްސްތަކުން އާމްދަނީ އިތުރުވުމެވެ.

އަދި އިންކަމް ޓެކްސް ދެއްކުމުގެ ސުންގަޑީގެ މުއްދަތު އިތުރުކުރި ނަމަވެސް، ޖީއެސްޓީއާއި ކޯޕަރޭޓް އިންކަމް ޓެކްސް ސުންގަޑީގެ ކުރިން ދައްކާފައިވުމީ މި މުއްދަތުގައި ލިބިފައިވާ އާމްދަނީ އިތުރުވި ސަބަބެއްކަން އެ އޮތޯރިޓީން ފާހަގަކުރައްވައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ނިމުނު ޖެނުއަރީމަހު މީރާއަށް ލިބުނު 3.34 ބިލިޔަން ރުފިޔާގެ އާމްދަނީއަކީ އޭގެ ކުރީމަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީއާ އަޅާބަލާއިރު، %43 އިތުރު އަދަދެއްކަމަށެވެ. އަދި މިއީ ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެވެސް %5 އިންސައްތަ އިތުރު އަދަދެއްކަމަށް މީރާއިން ވިދާޅުވެއެވެ.

މީރާއިން ވިދާޅުވީ މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ ކަމަށެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 1.59 ބިލިޔަން ރުފިޔާ ލިބުނުއިރު، އެއީ އާމްދަނީގެ %47.7އެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 115.39 މިލިޔަން ރުފިޔާއާއި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 65.11 މިލިޔަން ރުފިޔާ ލިބިފައިވާކަމަށްވެސް މީރާއިން ވިދާޅުވިއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރު ދެ ބައިވީއިރު ޑޮލަރު ޢާމްދަނީ މިދިޔަ އަހަރަށްވުރެ 37 ޕަސެންޓް އިތުރުވެއްޖެވިޔަފާރި | 21 ދުވަސް ކުރިންޖޫން މަހު މީރާ މެެދުވެރިކޮށް ދައުލަތަށް 2.6 ބިލިއަން ރުފިޔާޚަބަރު | 22 ދުވަސް ކުރިންޖޫން މަހުގެ އާމްދަނީވެސް އަންދާޒާ ކުރި ވަރަށްވުރެ އިތުރުޚަބަރު | 23 ދުވަސް ކުރިންމީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުއްވާލައްވައިފިޚަބަރު | މަހެއް ކުރިން