logo
Bank of Maldives

Bank of Maldives

ޚަބަރު

ޖޫން މަހުގެ އާމްދަނީވެސް އަންދާޒާ ކުރި ވަރަށްވުރެ އިތުރު

އަޙްމަދު ޒަލީފް
10 ޖުލައި 2025 - 13:59
ޖޫން މަހުގެ އާމްދަނީވެސް އަންދާޒާ ކުރި ވަރަށްވުރެ އިތުރު

މިދިޔަ ޖޫންމަހު ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް 2.63 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ބަލައިގެންފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރުގެ ޖޫންމަހު އެ އިދާރާއަށް އާމްދަނީގެ ގޮތުގައި ބަލައިގެންފައިވަނީ 2 ބިލިޔަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ ޖޫން މަހުގެ 2.63 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ބަލައިގެންފައިވާއިރު މިއީ ފާއިތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޖޫން މަހެއްގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފަހަރެވެ.

މީރާއިން ވިދާޅުވީ މިދިޔަ ޖޫންމަހު މީރާއަށް ލިބުނު އާމްދަނީއަކީ އެމަހު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ 10.4 އިންސައްތަ އިތުރު އަދަދެއްކަމަށެވެ. އަދި އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއެކު ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީވެސް އިތުރުވުމާ ގުޅިގެންނެވެ. 

Ad by Hajj Corporation

Ad by Hajj Corporation

މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫންމަހު ލިބިފައިވާ އާމްދަނީއަކީ މިދިޔަ އަހަރުގެ ޖޫން މަހު އެ އިދާރާއަށް ބަލައިގަތް އާމްދަނީއާ އަޅާބަލާއިރު %27 އިތުރުވުމެކެވެ.

ޖޫން މަހު މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި ވަނީ 960.9 މިލިޔަން ރުފިޔާ ލިބިފައެވެ. އަދި އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 634 މިލިޔަން ރުފިޔާ ލިބިފައިވާއިރު ރިސޯޓް ކުލީގެ ޓެކްސްގެ ގޮތުގައި 403.1 މިލިޔަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 163.3 މިލިޔަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 133.2 މިލިޔަން ރުފިޔާ އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 133.1 މިލިޔަން ރުފިޔާ މީރާއަށް ވަނީ ލިބިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2025 ވަނަ އަހަރު ދައުލަތުގެ އާމްދަނީ ރެކޯޑު މިންވަރަކަށް ޚަބަރު | 3 ގަޑިއިރު ކުރިންޓެކްސް ބަޔާން ހުށަނާޅާ، ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާ އިން ހާމަކޮށްފިޚަބަރު | 2 މަސް ކުރިންމާރިޗު މަހު މުދަލާއި ޚިދުމަތުގެ ޓެކުހުން ދައުލަތަށް 2.4 ބިލިއަން ރުފިޔާ ވިޔަފާރި | 2 މަސް ކުރިންދައުލަތުގެ އާމްދަނީއަށް 4.4 އިންސައްތައިގެ ކުރިއެރުމެއްޚަބަރު | 2 މަސް ކުރިން