logo
Bank of Maldives

Bank of Maldives

ޚަބަރު

އަހަރުގެ ފުރަތަމަ ހަމަސްދުވަހު، ދައުލަތުގެ މާލިއްޔަތަށް ބޮޑު ކުރިއެރުމެއް!

ޒިދާން މުޙައްމަދު
10 ޖުލައި 2026 - 12:03
މީރާ ހިންގާ އިމާރާތް
މީރާ ހިންގާ އިމާރާތް

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މާލީ ހާލަތަށް ހެޔޮ ބަދަލުތަކެއް އައިސް، މި މަހުގެ ދެވަނަ ދުވަހާ ހަމައަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި އެހީގެ މިންވަރު 22.4 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓްރީ އޮފް ފައިނޭންސް އިން ހާމަކުރެއްވި ގޮތުގައި، އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ، ޚާއްޞަކޮށް ކޯޕަރޭޓް އިންކަމް ޓެކްސް އާއި ޖީ.އެސް.ޓީ އިން ލިބުނު މިންވަރު އިތުރުވުމެވެ. ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 20.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރުގެ އާމްދަނީ ވަނީ 2.1 ބިލިއަން ރުފިޔާ ނުވަތަ 10.4 އިންސައްތަ އިތުރުވެފައެވެ.

ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޓެކްސް އާމްދަނީ ވަނީ 15.3 ބިލިއަން ރުފިޔާއިން 17.3 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ 13 އިންސައްތައިގެ ކުރިއެރުމެކެވެ. ވިޔަފާރީގެ މުއާމަލާތްތައް އިތުރުވުމާއި ޓެކްސް ދެއްކުމުގެ ސުންގަޑިތަކާ ގުޅިގެން ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 6.2 އިންސައްތަ އިތުރު އަދަދެކެވެ.

މީގެ އިތުރުން ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު 9.6 ބިލިއަން ރުފިޔާއަކީވެސް އާމްދަނީ އިތުރުވުމަށް ލިބުނު ބޮޑު ބާރެކެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޓީ-ޖީ.އެސް.ޓީގެ ގޮތުގައި ހިމެނޭ 6.6 ބިލިއަން ރުފިޔާ ފާހަގަކޮށްލެވެއެވެ.

ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 23.4 ބިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 21.7 އިންސައްތައިގެ އިތުރުވުމެކެވެ. ޚަރަދު ބޮޑުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ޚަރަދާއި، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމާ ގުޅިގެން ސަރުކާރުން ދޭ ސަބްސިޑީއަށް ކުރި 1.4 ބިލިއަން ރުފިޔާގެ އިތުރު ޚަރަދު ހިމެނެއެވެ.

މާލީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މުސާރަ އާއި އުޖޫރައަށް ކުރި 3.7 ބިލިއަން ރުފިޔާގެ ޚަރަދަކީ ސިވިލް ސާވިސްގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާއި އާންމު ޚިދުމަތްތައް ދެމެހެއްޓުމަށް ސަރުކާރުން ދޭ އިސްކަން ރަމްޒުކޮށްދޭ ކަމެކެވެ. މިއީ ދައުލަތުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި އެ ވުޒާރާއިން ސިފަކުރައްވައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރުގެ ފުރަތަމަ ހަމަސްދުވަހު، ދައުލަތުގެ މާލިއްޔަތަށް ބޮޑު ކުރިއެރުމެއް!ޚަބަރު | ގަޑިއިރެއް ކުރިންދައުލަތަށް އިތުރަށް ލިބުނު އާމްދަނީ ހޭދަކުރީ، ކުރީގެ ސަރުކާރުތަކުން ވާރުތަވި ރެކޯޑު ދަރަނި ދެއްކުމަށް ޚަބަރު | މަހެއް ކުރިން2025 ވަނަ އަހަރު ދައުލަތުގެ އާމްދަނީ ރެކޯޑު މިންވަރަކަށް ޚަބަރު | މަހެއް ކުރިންޖޫން މަހުގެ އާމްދަނީވެސް އަންދާޒާ ކުރި ވަރަށްވުރެ އިތުރުޚަބަރު | އަހަރެއް ކުރިން