logo
MPL

MPL

ޚަބަރު

2025 ވަނަ އަހަރު ދައުލަތުގެ އާމްދަނީ ރެކޯޑު މިންވަރަކަށް

2025 ވަނަ އަހަރު ދައުލަތުގެ އާމްދަނީ ރެކޯޑު މިންވަރަކަށް

2025 ވަނަ އަހަރު ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މިއީ މިހާތަނަށް ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބުނު އަހަރު ކަމަށެވެ. އަދި 2024 ވަނަ އަހަރު ލިބުނު 35.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، ނިމިދިޔަ އަހަރު ލިބުނު އާމްދަނީ ވަނީ 4.8 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށާއި މިއީ 13.6 އިންސައްތައިގެ ކުރިއެރުމެއް ކަަމަށް ބަޔާނުގައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ދައުލަތަށް ލިބުނު އާމްދަނީ 2025 ވަނަ އަހަރުގެ ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެވެސް އިތުރުވެފައިވާ ކަމަށާއި 31 އޮކްޓޯބަރު 2024 ގައި މާލީ ވުޒާރާއިން ހުށަހެޅި ބަޖެޓު އަންދާޒާތަކުގައިވާ ގޮތުން، 2025 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރެވުނީ 39.8 ބިލިއަން ރުފިޔާ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އަހަރު ނިމުނުއިރު ލިބުނު އާމްދަނީ ވަނީ އަންދާޒާކުރި މިންވަރަށްވުރެ 74.4 މިލިއަން ރުފިޔާ އިތުރުވެފައިކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ބަޔާނުގައިވާ ގޮތުން، އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ކުރިއެރުމާއި ޓެކްސް ނޫން އާމްދަނީ އިތުރުވުމާއި ބައެއް ދާއިރާތަކުން ލިބުނު އާމްދަނީ އަންދާޒާކުރި ވަރަށްވުރެ މަދުވި ނަމަވެސް، އެހެން ދާއިރާތަކުން ލިބުނު އިތުރު އާމްދަނީއާއެކު ޖުމްލަ އާމްދަނީ ބަޖެޓުގެ އަމާޒަށް ވާސިލުވެފައިވުން ހިމެނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުން ހުރީ ބަޖެޓުގައި ލަފާކުރި މިންގަނޑުތަކާ ދާދި އެއްވަރެއްގައެވެ. ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުމާ ގުޅިގެން ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތްތަކުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އާއި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. އަދި ޢާންމު ޖީ.އެސް.ޓީ އާމްދަނީވެސް ހުރީ ބަޖެޓުގެ އަމާޒުތަކާ އެއްވަރެއްގައެވެ.

ޓެކްސް ނޫން އާމްދަނީގެ ތެރެއިން ރިސޯޓު ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބުނުއިރު، ރިސޯޓު ކުލީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން، ވޯކް ޕާމިޓް ފީގެ ގޮތުގައި 793.4 މިލިއަން ރުފިޔާ ގަވާއިދުތައް ތަންފީޒުކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ވަނީ ލިބިފައެވެ.

އާމްދަނީ އިތުރުކުރުމަށާއި، ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ބެހެއްޓުމަށާއި، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށްޓަކައި މާލީ އިޞްލާޙީ ފިޔަވަޅުތަކެއް މިދިޔަ އަހަރު އަޅާފައިވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.

މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި 2025 ވަނަ އަހަރުގެ ނަތީޖާއިން ފެނިގެންދަނީ އާމްދަނީ އިތުރުވުމާއި، ޚަރަދުތައް ހިފެހެއްޓުމާއި، މާލީ އިޞްލާޙީ ފިޔަވަޅުތަކުން ލިބެމުންދާ ކުރިއެރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުވެއިތު ފަންޑުން ރާއްޖެއަށް ދޭ ލޯނު ލިމިޓު 40 މިލިއަން ޑޮލަރަށް، ވޭމަންޑޫ ހޮސްޕިޓަލް އަޅަން 9.7 މިލިއަން ޑޮލަރުޚަބަރު | 14 ގަޑިއިރު ކުރިންދައުލަތުގެ އިދާރާތަކުން ނުދައްކާ ހުރި ބިލްތައް މީރާގެ ޓެކުހަށް ބަދަލުކޮށް އަޅައިކެނޑޭނެ މަގު ފަހިކޮށްދީފިޚަބަރު | 4 ދުވަސް ކުރިންދައުލަތުގެ އާމްދަނީ 33 ބިލިއަން ރުފިޔާ ހުރަސްކޮށްފި، އެންމެ ބޮޑު ކުރިއެރުމެއް ޓެކުހުންޚަބަރު | 4 ދުވަސް ކުރިންމަޝްރޫއުތަކުގެ މަދުވެގެން 70 ޕަސެންޓް ނިންމަން އަމާޒު، ރިޒާވް 900 މިލިއަން ޑޮލަރަށް އަރާނެ ކަމުގެ އުންމީދުރިޕޯޓް | 6 ދުވަސް ކުރިން