logo
Bank of Maldives

Bank of Maldives

ވިޔަފާރި

އަހަރު ދެ ބައިވީއިރު ޑޮލަރު ޢާމްދަނީ މިދިޔަ އަހަރަށްވުރެ 37 ޕަސެންޓް އިތުރުވެއްޖެ

ޝަހްޒާ މުހައްމަދު
12 ޖުލައި 2025 - 04:46
އަހަރު ދެ ބައިވީއިރު ޑޮލަރު ޢާމްދަނީ މިދިޔަ އަހަރަށްވުރެ 37 ޕަސެންޓް އިތުރުވެއްޖެ

ދައުލަތަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޑޮލަރުން ލިބުނު އާމްދަނީ 37 ޕަސެންޓް އިތުރުވެއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން ޖޫން މަހުގެ ނިޔަލަށް ޑޮލަރު އާމްދަނީގެ ގޮތުގައި 772 މިލިއަން ޑޮލަރު ލިބުނެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 562 މިލިއަން ޑޮލަރުގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ، ޓީޖީއެސްޓީ އިންނެވެ. އެ ގޮތުން ޓީޖީއެސްޓީ އިން 399.7 މިލިއަން ޑޮލަރު ލިބުނެވެ.

އިންކަމް ޓެކްސްގެ ގޮތުގައި 77 މިލިއަން ޑޮލަރު ލިބުނުއިރު ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 65 މިލިއަން ޑޮލަރު ލިބުނެވެ.

މީގެ އިތުރުން ޑިޕާޗާ ޓެކުހުގެ ގޮތުގައި 57.2 މިލިއަން ޑޮލަރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 57.4 މިލިއަން ޑޮލަރު އަދި ގްރީން ޓެކްސްގެ ގޮތުގައި 73 މިލިއަން ޑޮލަރު ލިބުނެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގްރީން ޓެކުހުގެ ރޭޓް ވަނީ ބޮޑުކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެއަޕޯޓް ޓެކުހާއި ފީގެ ރޭޓު ވަނީ ބޮޑުކޮށްފައެވެ. މީގެ އިތުރުން މިމަހުގެ އެއްވަނަދުވަހުން ފެށިގެން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓު %17 އިންސައްތައަށްވަނީ ބަދަލުކޮށްފައެވެ. މި ބަދަލުތަކާއި ގުޅިގެން، ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން ވަނީ ހާމަކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީރާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު އައްޔަންކުރައްވައިފިޚަބަރު | 22 ދުވަސް ކުރިންދަތިވާ ފަރާތްތަކަށް އިންސްޓޯލްމަންޓަށް ބަހާލައިން ޓެކްސް ދެއްކޭ ނިޒާމު ވެސް އޮވޭ: މީރާޚަބަރު | މަހެއް ކުރިންއިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި މި މަހުގެ ނިޔަލަށް ހަމަވަނީޚަބަރު | މަހެއް ކުރިން2025 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި މިމަހުގެ ނިޔަލަށްވިޔަފާރި | 2 މަސް ކުރިން