"ޤަޟާޢީ އަހަރު 2025" އިފްތިތާޙްކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "ޤަޟާޢީ އަހަރު 2025" އިފްތިތާޙްކޮށްދެއްވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

12 ފެބްރުއަރީ 2025 - 05:55
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "ޤަޟާޢީ އަހަރު 2025" އިފްތިތާޙްކޮށްދެއްވައިފިއެވެ.
"ޤަޟާޢީ އަހަރު 2025" އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައެވެ."ޤަޟާޢީ އަހަރު 2025" އަކީ އައު ޤަޟާޢީ އަހަރަކަށް ކުރިމަތިލާއިރު ފާއިތުވި އަހަރު ކުރެވިފައިވާ މަސައްކަތްތައް ފާހަގަކުރުމާއެކު، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުޢީ ގޮތުންނާއި، އިދާރީގޮތުން ޝަރުޢީ ދާއިރާ ހަރުދަނާކުރެއްވުމަށްޓަކައި އައު އަހަރުގެ ލަނޑުދަނޑިތައް ކަނޑައަޅައި، ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު ބާއްވާ ރަސްމިއްޔާތެކެވެ.ޤަޟާޢީ އަހަރު އިފްތިތާޙްކުރެއްވުމުގެ ރަސްމިއްޔާތުގައި، ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވާ ފަނޑިޔާރުން ތަކްރީނުކުރުން ކުރިއަށްދިޔައެވެ. އަދި މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާން ވަނީ ޤަޟާޢީ ބަޔާން އިއްވަވާފައެވެ.ޤަޟާއީ އަހަރު އިފްތިތާޙްކުރުމުގެ ޕްރޮގްރާމްގެ ގޮތުގައި 2021 ވަނަ އަހަރު ފިޔަވައި ފާއިތުވި 8 އަހަރު ވެސް ވަނީ ޚާއްޞަ ޙަރަކާތްތަކެއް ކުރިޔަށް ގެންދަވާފައެވެ. މިގޮތުން އިދާރީ ގޮތުން ޝަރުޢީ ދާއިރާގެ ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށްޓަކައި ފަނޑިޔާރުންގެ ޤައުމީ މަހާސިންތާގެ ނަމުގައި މަހާސިންތާއެއް، މިއަހަރުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ މަހާސިންތާ ޚާއްޞަކުރައްވާފައިވަނީ އިސްލާމިކް ފައިނޭންސިންގ އަދި ޝަރުޢީ ކޯޓުތަކުގައި ހުރި ޝަރުޢީ އަދި އިދާރީ ކަންކަން އެއްގޮތްކުރުމާ ގުޅޭގޮތުންނެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
7 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
7 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
7 މަސް ކުރިން