logoEN
ޚަބަރު

ވޭޕް އާލަތްތައް އަތުލުމުގެ ބާރު ފުލުހުންނަށް ދީފި

އައިޝަތު ދިޔާނާ އަލީ ރިޔާޒްއައިޝަތު ދިޔާނާ އަލީ ރިޔާޒް

12 ފެބްރުއަރީ 2025 - 07:45

ހެލްތް މިނިސްޓްރީން މިއަދު ގެޒެޓްކުރި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާންމު ގަވައިދުގައިވާ ގޮތުން، ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެއާއެކު ބޭނުން ކުރުމަށް އުފައްދާފައިވާ އެއްޗެއް ބޭނުންކޮށްފިނަމަ ނުވަތަ އަތުގައި އޮތްނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުހުންނަށް އޮންނާނެ ކަމަށެވެ.

ގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެއް ގެންގުޅެނިކޮށް ފެނިއްޖެ ނަމަ، 2,000 ރުފިޔާއިން ޖޫރިމަނާ ކުރަންވާނެއެވެ. އަންގާ އެންގުމަކާ އެއްގޮތަށް އެ އެންގުމެއް ރައްދުވާ ފަރާތުން ޢަމަލުނުކޮށްފި ނަމަ ، ފަރުދެއް ނަމަ، 50,000 ރުފިޔާއިން ޖޫރިމަނާ ކުރަންވާނެއެވެ. އަންގާ އެންގުމަކާ އެއްގޮތަށް އެ އެންގުމެއް ރައްދުވާ ފަރާތުން ޢަމަލުނުކޮށްފި ނަމަ، ވިޔަފާރިކުރާ ޤާނޫނީ ޝަޚުޞަކުން ނަމަ، 100,000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު، ވިޔަފާރި ހުއްދަ ބާޠިލުކުރުމަށް ހުށަހަޅަންވާނެއެވެ.

މި ގަވާއިދުގެ ދަށުން ހިފެހެއްޓޭ ނުވަތަ އަތުލެވޭ ތަކެއްޗަކ،ީ ދިވެހިރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން މަނާ ތަކެއްޗަށްވާތީ ، މި ގަވާއިދުގެ ދަށުން އެ ތަކެތި ހިފެހެއްޓުމަށްފަހ،ު އަލުން ދުލެއް ނުކުރެވޭނެއެވެ.

މި ގަވާއިދުގެ ދަށުން ނަގާ ނުވަތަ އަތުލާ ތަކެތި އެ އެއްޗެއް ނެގި ނުވަތަ އަތުލި ތަންފީޒީ އިދާރާއަކުން ނައްތައިލަންވާނެއެވެ. ލިބިދޭ ބާރުގެ ދަށުން ނައްތައި ލާ ތަކެތި ނައްތައިލަންވާނ،ީ ނައްތައިލުމުގެ އިޚުތިޔާރު ލިބިފައިވާ އިދާރާގެ ތަކެތި ނައްތައިލުމަށް ކަނޑައަޅައިފައިވާ އިޖުރާތާ އެއްގޮތަށެވެ.

މި މާއްދާގައި ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ތަކެތި ނައްތައިލުމުގައި ތިމާވެށްޓަށް ގެއްލުން ލިބުން ކުޑަކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.އަދި މި ގަވާއިދާ އެއްގޮތަށް މިފަދަ ތަކެތި ނައްތައިލުމުގެ އިންތިޒާމު ނެތް އިދާރާއެއް ނަމަ، އެ ތަކެތި ނައްތައިލުމުގެ އިންތިޒާމު ހަމަޖެހިފައި ހުރި އިދާރާއަކާ އެ ތަކެތި ހަވާލުކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓް

871x217_placeholder