logoEN
ޚަބަރު

އިތުރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

12 ފެބްރުއަރީ 2025 - 12:20

ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ކަމާބެހޭ އެހެނިހެން އިދާރާތަކާއި ގުޅިގެން ދަނީ ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ.

މި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.ސަރުކާރުގެ އަމާޒަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މިއޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށް ކުރުމެވެ. އަދި ބިދޭސީންގެ މައްސަލަތައް ތިން އަހަރުގެތެރޭ ޖުމްލަ ހައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

މިކަމާއި ގުޅިގެން އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގަމުންދާ ބިދޭސީން ހޯދުމަށް ހުއްޓުމެއްނެތި ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، އިއްޔެ ހުޅުމާލޭގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނުގައި ސެލޫން، ފަހާތަންތަން އަދި ކެފޭ ހިމެނޭ ގޮތަށް ފަސް ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ އޮޕަރޭޝަންގައި، ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ..

ކޮމެންޓް

871x217_placeholder