logo
Bank of Maldives

Bank of Maldives

ޚަބަރު

މޯލްޑިވިއަން އެއާ، އީސާ ޕާޓް 145 ސެޓްފިކެޓް ހާސިލުކޮށްފި

 މޯލްޑިވިއަން އެއާ، އީސާ ޕާޓް 145 ސެޓްފިކެޓް ހާސިލުކޮށްފި

ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އެއާއަށް ޔޫރަޕިއަން ޔޫނިއަންގެ އޭވިއޭޝަން ސޭފްޓީ އޭޖެންސީ (އީސާ) އިން ދޫކުރާ ޕާޓް 145 ސެޓްފިކެޓް ހާސިލްކޮށްފިއެވެ.

މި ސެޓްފިކެޓަކީ އެއާކްރާފްޓް މެއިންޓެނަންސްގެ ދާއިރާއިން ދެވޭ އެންމެ މަތީ ފެންވަރުގެ ސެޓްފިކެޓަށްވާއިރު، މިއީ މޯލްޑިވިއަން އެއާއަށް އެއާކްރާފްޓް މެއިންޓެނަންސްގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގައި ހޯދުނު ބޮޑު ކުރިއެރުމެކެވެ. މި ސެޓްފިކެޓް ލިބުމާއެކު މޯލްޑިވިއަން އެއާއަށް ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި މަތީ ފަންތީގެ އެއާކްރާފްޓް މެއިންޓެނަންސް ހިދުމަތްތައް ފޯރުކޮށްދިނުމުގެ ހުއްދަ ލިބިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވިއަން އެއާގެ މި ކާމިޔާބީއަށް މަރުހަބާ ވިދާޅުވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ސޯޝަލޮ މީޑިއާއަށް އާއްމުކުރި މެސެޖުގައި ވަނީ، މި ކާމިޔާބީ ހޯދުމަށް މަގުފަހިކޮށްދެއްވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕަށް އަށް ޝުކުރު އަދާކޮށްފައެވެ. އަދި ރައީސް މުޢިއްޒުގެ ސަރުކާރުން ޤައުމީ އެއާލައިން އިސްލާހުކޮށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ސެޓްފިކެޓް ހޯދުމުގެ މަސައްކަތް އަވަސް ކުރެވިފައިވާ ކަމަށާއި، މިކަމަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ވަޒިރު ވަނީ ފާހަގަކޮށްފައިވެއެވެ.

 

މި ސެޓްފިކެޓް ލިބުމުން މޯލްޑިވިއަން އެއާއަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި އެހެން އެއާލައިންތަކަށް މެއިންޓެނަންސްގެ ހިދުމަތް ދިނުމުގެ ފުރުސަތު ލިބި، އާމްދަނީ އިތުރުވުމާއި، ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ފެންވަރު މަތިވެ، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ނަން މަޝްހޫރުވުން ހިމެނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަރަށް އަވަހަށް އިތިއޯޕިއަން އެއަރލްއިންސް އާއެކު އެގްރީމެންޓްއެއް ހެދިގެންދާނެ: ވަޒީރު އަމީންޚަބަރު | 8 ދުވަސް ކުރިންވަރަށް އަވަހަށް މާލެ ސަރަޙައްދުގައި 7 ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފަށާނެ: ވަޒީރު އަމީންޚަބަރު | 23 ދުވަސް ކުރިންއޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ވައިގެ ސީދާ ދަތުރުތައް މިއަދުން ފެށިގެން ކުރެވޭނެޚަބަރު | މަހެއް ކުރިންތިމާވެއްޓާ ރައްޓެހި އުޅަނދުތަކުގެ ނަންބަރު ބޯޑުތައް ވަކި ކުލަޔަކުން ފާހަގަކުރަނީޚަބަރު | މަހެއް ކުރިން