މޯލްޑިވިއަންގެ ސީޒަނަލް ދަތުުރުތައް ޗައިނާގެ ޝެންޒެންއަށް ފަށައިފި
8 ޖުލައި 2025 - 05:34

ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ ސީޒަނަލް ދަތުރުތައް ޗައިނާގެ ޝެންޒެންއަށް ފަށައިފިއެވެ.
ކޮންމެ ބުދަ ދުވަހަކު ކުރާ މި ދަތުރުތައް އަންނަ މަހުގެ 21 ގެ ނިޔަލަށް ކޮންމެ ހަފްތާއަކު އެއް ދަތުރުގެ މަގުން ކުރުމަށްވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation
ޝެންޒެން ދަތުރުތަކަށް މޯލްޑިވިއަނުން ބޭނުންކުރާނީ އެ އެއާލައިންގެ ފްލީޓްގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ބޯޓު އޭ-320 މަރުކާގެ މަތިންދާބޯޓެވެ.
މޯލްޑިވިއަންގެ ފްލީޓަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ބޭނުންކުރަން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މިއަހަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ކުންފުނީގެ ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމުގެ މަސައްކަތް މޯލްޑިވިއަންއިން ކުރަމުން އަންނައިރު މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މޯލްޑިވިއަނުން ވަނީ ޗައިނާގެ 3 މަންޒިލަކަށް ދަތުރުތައް ފަށާފައެވެ. އެއީ ޗެންޑޫ، ބެއިޖިން އަދި ޝެންހާއީއަށެވެ.
ޗައިނާއަކީ މިހާރުވެސް ރާއްޖެއަށް އެންމެ ގިނަ އަދަަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެގޮތުން މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 148،951 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ސަރުކާރިުގެ އަމާޒަކީ މި އަހަރުގެ ތެރޭގައި ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.