logoEN
ޚަބަރު

ރަސްފަންނާއި ސަލްޓަންޕާކްގެ އާރޯކަން އަނބުރާ ގެނެސްދޭނަން: ރައީސް

އާމިނަތު ސަފާއާމިނަތު ސަފާ

14 ފެބްރުއަރީ 2025 - 06:53

ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނި ހިތާމަކުރައްވާކަމަށާއި ދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސްގެ ދެކަނބަލުންނާއި އެންމެ ހަގު ދަރިކަލުންވަނީ ރަސްފަންނަށް ޒިޔާރަތްކުރައްވައި އެސަރަހައްދު ބައްލަވާލައްވައި އަދި އާއްމުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނިފައި ހިތާމަކުރައްވާކަމަށެވެ. ދެ ތަންވެސް ދަނީ ވީރާނާވަމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަންކަން ފާހަގަކުރައްވަމުން ރައީސްވަނީ އެ ދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް އަރުވާފައެވެ.

ރަސްފަންނާއި ސަލްޓަންޕާކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިހާރުގެ ރައީސް ހައުސިން މިނިސްޓަރަކަށް ހުންނަވައި އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ހިތްއުފާކޮށްލަދޭނެ ތަނެއް ބިނާކުރެވުމަށް ކުރެވުނު މަސައްކަތެކެވެ.

މިހާރު މިދެތަން މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ އިރު އެ ތަން އެންމެ ރަނގަޅު ގޮތެއްގައި ބަލަހައްޓަމުން ނުދާ ކަމުގެ ޝަކުވާ ވަރަށް ގިނަ އާންމުން ކުރެއެވެ.

ކޮމެންޓް

871x217_placeholder