logoEN
ޚަބަރު

އެމްޓީސީސީއަށް ވޭތުވެ ދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.1 މިލިއަން ރުފިޔާ ލިބިއްޖެ

އެމްޓީސީސީ އިމާރާތް -- ފޮޓޯ: މޯލްޑިވްސް ރިޕަބްލިކް

އެމްޓީސީސީ އިމާރާތް -- ފޮޓޯ: މޯލްޑިވްސް ރިޕަބްލިކް

ރަނާ އަޙްމަދު ފަޔާޒްރަނާ އަޙްމަދު ފަޔާޒް

14 ފެބްރުއަރީ 2025 - 10:06

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.1 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ކުންފުނިން އާންމުކުރި މާލީ ތަފާސް ހިސާބު ދައްކާ ގޮތުގައި 2023 ވަނަ އަހަރާ އަޅާ ބަލާއިރު އާމްދަނީ ވަނީ 37.2 އިންސައްތަ ދަށްވެފައެވެ. އެގޮތުން 2023 ވަނަ އަހަރު އެ ކުންފުނި ހިންގައިގެން 336.7 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިދިޔަ އަހަރު ލިބުނު އާމްދަނީގެ އަދަދަކީ 211.2 މިލިޔަން ރުފިޔާއެވެ.

ވޭތުވެ ދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 99.1 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް ތަފާސް ހިސާބުތައް ދައްކައެވެ. އެގޮތުން މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 41 އިންސައްތަ ދަށް އަދަދެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް 84.2 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

އެމްޓީސީސީގެ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެކުންފުންޏަށް ލިބިފައިވަނީ 418.2 މިލިޔަން ރުފިޔާގެ އާންދަނީއެކެވެ. ވޭތުވެ ދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 587.1 މިލިޔަން ރުފިޔާ އަޅާ ބަލާއިރު މިއީ 28.8 އިންސައްތަ ދަށް އަދަދެކެވެ.

މީގެ އިތުރުން ހަތަރު ވަނަ ކުއާޓަރުގައި ކުންފުންޏަށް 177.5 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި ތިންވަނަ ކުއާޓަރުގައި ކުންފުނި ހިންގައިގެން ލިބިފައިވަނީ 12.7 މިލިޔަން ރުފިޔާއެވެ.

އާމްދަނީ ދަށްވުމާއި އެކު، ވޭތުވެ ދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީއަށް ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 151.3 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

އެމްޓީސީސީ އަކި ރާއްޖޭގެ އެކިި ކަންކޮޅުތަކުގައި ތަރައްގީ އާ ގުޅުންހުރި އެތައް މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ. އެގޮތުން ވޭތުވެ ދިޔަ އަހަރުގެ ފަހު ކުއާޓާގައިވެސް 189 މަޝްރޫޢެއްގެ މަސައްކަތްކުރިއަށް ގެންގޮސްފައިވެއެވެ. މީގެތެރެއިން 9 މަޝްރޫއެއްގެ މަސައްކަތް ނިންމަފައިވާއިރު، އަލަށް 3 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

ކޮމެންޓް

871x217_placeholder