ޝޫޓިން ސްޕޯޓްސްގައި އީޝަލް ހޯދި ތާރީޚީ ކާމިޔާބަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

މަރިޔަމް އީޝަލް މިޞްބާޙް

15 ފެބްރުއަރީ 2025 - 06:06
އޭޝިއާ ބައްރުގެ ޤައުމުތަކުން ވާދަކުރާ އަމާޒަށް ބަޑި ޖެހުމުގެ މުބާރާތް، 'އޭޝިއަން ޕިސްޓަލް އެންޑް ރައިފަލް ކަޕް' ގެ ޖޫނިއަރ އުމުރު ފުރާގެ އަންހެން ކުޅުންތެރިންގެ ބައިގެ ފައިނަލްގައި ވާދަކޮށް، ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ މަރިޔަމް އީޝަލް މިޞްބާޙް ރިހި މެޑަލް ޙާޞިލްކުރުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ރޭ ކުރެއްވި ތަހުނިޔާގެ ޕޯސްޓުގައި، އޭޝިއާގެ ފެންވަރުގައި ބާއްވާ ޝޫޓިންގ ސްޕޯޓްސް މުބާރާތަކުން ދިވެހި ކުޅުންތެރިއަކު ފުރަތަމަ ފަހަރަށް ރިހިމެޑަލް ހޯދުމަކީ ތާރީޚީ ކާމިޔާބީއެއްކަމުގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން، އޭޝިއާގެ 23 ޤައުމަކުން ވާދަކުރި މި މުބާރާތުގައި 21 ޤައުމެއްގެ މައްޗަށް އީޝަލް ކުރި ހޯދާފައިވާކަންވެސް އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ފާހަގަ ކުރެއްވިއެވެ.
'އޭޝިއަން ޕިސްޓަލް އެންޑަ ރައިފަލް ކަޕް 2025' ކުރިއަށް ދަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކްގައެވެ. މި މުބާރާތުގެ ޖޫނިއަރ އުމުރުފުރާގެ އަންހެން ކުޅުންތެރީންގެ ބައިން ރިހިމެޑަލް ހޯދި އުމުރުން 15 އަހަރުގެ މަރިޔަމް އީޝަލް މިޞްބާޙަކީ، މަޖީދިއްޔާ ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރެކެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
7 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
7 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
7 މަސް ކުރިން