logoEN
ޚަބަރު

ޖުޑީޝަރީއާއެކު ބަންދު ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފި

ޝަރީޢަތް ނިމެންދެން ބަންދުކުރުމާ ގުޅޭ މައްސަލަތަކަށް ހައްލު ހޯދުމަށް ޕީޖީ އޮފީހުން ކުރިއަށްގެންދާ ބަންދު ފޯރަމް

ޝަރީޢަތް ނިމެންދެން ބަންދުކުރުމާ ގުޅޭ މައްސަލަތަކަށް ހައްލު ހޯދުމަށް ޕީޖީ އޮފީހުން ކުރިއަށްގެންދާ ބަންދު ފޯރަމް

އައިޝަތު ދިޔާނާ އަލީ ރިޔާޒްއައިޝަތު ދިޔާނާ އަލީ ރިޔާޒް

15 ފެބްރުއަރީ 2025 - 06:26

ޝަރީޢަތް ނިމެންދެން ބަންދުކުރުމާ ގުޅޭ މައްސަލަތަކަށް ހައްލު ހޯދުމަށް ޕީޖީ އޮފީހުން ކުރިއަށްގެންދާ ބަންދު ފޯރަމް، ޖުޑީޝަރީއަށް ޚާއްޞަކޮށްގެން 13 ފެބްރުވަރީ 2025 ދުވަހު ކުރިއަށްގެންގޮސްފިއެވެ.

ބަންދު ފޯރަމްގެ ފުރަތަމަ ބައި ކުރިއަށްގެންދިޔައީ ޖުޑީޝަރީ ފިޔަވައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އެހެން އިދާރާތަކާއެކު މިމަހުގެ 1 ވަނަ ދުވަހުއެވެ.

ޖުޑީޝަރީއަށް ޚާއްޞަކޮށްގެން ފޯރަމް ކުރިއަށްގެންދިއުމުގެ މައިގަނޑު މަޤްޞަދަކީ، ކޯޓުތަކުގެ ޖާގައާއި ވަސީލަތްތަކުގެ ދަތިކަތަކާ އެކުވެސް، މައްސަލަތަކުގެ ޝަރީޢަތް އަވަސްކުރުމަށްޓަކައި، މި ނިޒާމުގައި ހިމެނޭ އިދާރާތަކުން ކޯޓުތަކަށް ކޮށްދެވޭނެ ކަންކަން ދެނެގަތުމެވެ. އަދި ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަށްފަހު، ޝަރީޢަތްތައް ނުނިމި ދިގުލައިގެންދާ މައްސަލަ ހައްލުކުރުމަށްޓަކައި، ޖިނާއީ ޢަދުލުގެ ނިޒާމުގެ މެދުގައި އޮންނަ އޮތޯރިޓީގެ ޙައިޞިއްޔަތުން ޕީޖީ އޮފީހުން ކޮށްދެވެންހުރި ކަންކަން ދެނެގަތުމެވެ.

ޝަރުޢީ ދާއިރާއަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ބަންދު ފޯރަމްގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި، ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު އަދި ޖުވެނައިލް ކޯޓުގެ ޤާޟީންނާއި ކޯޓުތަކުގެ މެޖިސްޓްރޭޓުން ހިމެނޭގޮތުން 60 އަށްވުރެ ގިނަ ފަނޑިޔާރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ޕީޖީ އޮފީހުން މައިލޫމާތު ދިން ގޮތުން މި ފޯރަމްގައި މަޝްވާރަ ކުރެވުނު ކަންކަންތަކުގެ ތެރޭގައި ކޯޓުތަކުގައި ތާވަލުކުރެވޭ އަޑުއެހުންތައް ކެންސަލްކުން މަދުކުރުމަށްޓަކައި، ސެންޓްރަލައިޒްޑް ޝެޑިއުލިންގ ނިޒާމެއް ޤާއިމުކުރުން.މާއި، މައްސަލަތަކުގެ ޢިބްތިދާއީ އަޑުއެހުންތައް މަދުކުރުމަށްޓަކައި، ޝަރީޢަތުގެ ބޭރުން އިދާރީ ގޮތުން ކުރެވެންހުރި ކަންކަން ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމާ ނުލައި ކުރިއަށްގެންދިއުން.، ހެކިން ކޯޓަށް ޙާޟިރުކުރުމުގައި ދިމާވާ މައްސަތަކަށް ޙައްލު ހޯދުން.، ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ މީހުންގެ ތެރެއިން ޝަރުޠުހަމަވާ މީހުން، މޮނިޓަރ ކުރެވޭނެ ނިޒާމެއްގެ ތެރެއިން ބަންދުން ދޫކޮށްލުމާ ގުޅޭ ޤާނޫނީ މަޝްވަރާ.، ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމުގެ ނިޒާމު ފުޅާކުރުން. އަދި މައްސަލަތަކުގެ ލިޔުންތައް ޙިއްޞާކުރުމަށް އިލެކްޓްރޯނިކް ޱްނިޒާމެއް ޤާއިމުކުރުން. ހިމެނެއެވެ.

މި ނޫންވެސް، މައްސަލަތަކުގެ ޝަރީޢަތްތައް މިހާރަށްވުރެ އަވަސްކުރުމަށް ނިޒާމަށް ގެނެވެންހުރި ބަދަލުތަކާގުޅޭގޮތުން މި ފޯރަމްގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައިވާ ކަމަށް ޕީޖީ ވިދާޅުވި އެވެ.

މި ފޯރަމްގައި ފަނޑިޔާރުންގެ ފަރާތުން މައްސަލަތަކުގެ ޝަރީޢަތް ކުރިއަށްގެންދިއުމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން އެކަށީގެންވާ އިންސާނީ ވަޞީލަތް ނުލިބުމާއި، ކޯޓުތަކަށް ބޭނުންވާ ޢިމާރާތާއި ވަސީލަތްތައް ނުލިބޭ މައްސަލަ ފަނޑިޔާރުން ތަކުރާރުކޮށް ފާހަގަކުރައްވާފައިވެއެވެ.

މި ފޯރަމްގައި ފަނޑިޔާރުންގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު ޙުސައިން ރިޟާ އާދަމާއި އެ ކޮމިޝަންގެ މެންބަރުންނާއި، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮމެންޓް

871x217_placeholder