އެސްޓީއޯއިން ފިޔާ ކިލޯއެއް 16 ރުފިޔާއަށް


15 ފެބްރުއަރީ 2025 - 11:11
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެސްޓީއޯއިން ފިޔާ ކިލޯއެއް 16 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ މިއަހަރުގެ ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެސްޓީއޯއިން ވަނީ ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ތައްޔާރުވެފައިަކަމަށެވެ. މީގެ ކުރިން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، މިއަހަރު ޚާއްޞަ ސަމާލުކަމެއް ދީގެން ވަނީ އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ރޭވިފައިކަމަށާއި މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުންގެންގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނެވޭނެކަމަށެވެ.
އެގޮތުން މިވަގުތު މާކޭޓުގައި ފިޔާ ކިލޯއެއްގެ އަގު ހުރީ 25 ރުފިޔާއާއި 30 ރުފިޔާއާ ދެމެދުގައިކަން ފާހަގަކޮށް، އެސްޓީއޯއިން 16 ރުފިޔާގައި ފިޔާ ކިލޯ ވިއްކަން ފަށާފައިވާއިރު ފިޔާ ބަސްތާއެއް ވިއްކަނީ 350 ރުފިޔާއަށެވެ.
އެސްޓީއޯއިން ގެނައި ކާށި އަދި ލުނބޯ ވެސް އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް މިއަދު ވަނީ ވިއްކަން ފަށާފައެވެ. އެސްޓީއޯއިން ބުނީ މިވަގުތު މާކެޓުގައި ކާށީގެ އަގު 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައިކަން ފާހަގަކޮށް، 5 ރުފިޔާގެ އަގުގައި ކާށި ވިއްކަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެސްޓީއޯއިން އެތެރެކުރި ފުރަތަމަ ބެޗްގެ ކާށި މިހާރު ވަނީ އިންޑިއާއިން ރާއްޖެއަށް ގެނެވިފައިކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އެއީ:
އަސާސީ ކާބޯތަކެތި: ބިސް، އަލުވި، ކާށި، ކަދުރު
ތާޒާ ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ
ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑާ، ބޭކެޑް ބީންސް، ގެރިކިރު ދަޅު
ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ
އިތުރު ލިޔުންތައް

ބަންކަރިންގެ ޚިދުމަތްދޭން ބޭނުންކުރާ ފުރަތަމަ ބޯޓު ކުޅުދުއްފުށީގައި ބަނދަރުކޮށްފި
7 މަސް ކުރިން
ބަންކަރިންގެ ޚިދުމަތް ފެށުމަށް 20 މިލިއަން ޑޮލަރު ސަރުކާރުން ޚަރަދުކުރި: ވަޒީރު
7 މަސް ކުރިން
ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމުކުރުމުގެ މަޝްރޫއު އިފްތިތާޙު ކޮށްފި
5 މަސް ކުރިން